އުރީދޫން “ސައިބާ ކްރައިމް” އާ ދެކޮޅަށް ތެދުވެއްޖެ

ކޯޕަރޭޓް ސޯސަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން މި އަހަރު “ސައިބާ ކްރައިމް” އާ ދެކޮޅަށް ކެމްޕޭން ކުރުމަށް އުރީދޫން ނިންމައިފި އެވެ.

އުރީދޫން ހޮޓެލް ޖެންގައި ރޭ ބޭއްވި “މަރުހަބާ 2020” ޖަލްސާގައި އުރީދޫގެ “ސައިބާ ސޭފްޓީ ކެމްޕޭން” އިފްތިތާހު ކޮށްދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރާއި އުރީދޫގެ ސީއީއޯ އަދި މެނެޖިން ޑިރެކްޓަރ ނަޖީބު ޚާން އެވެ.

ޓެކްނޮލޮޖީ ކުރިއަރައިގެން ދިއުމާ އެކު ސައިބާ ބުލީ އާއި އެކައުންޓުތައް ހެކް ކުރުން ފަދަ ސައިބާ ކްރައިމްތައް ދުނިޔޭގައި އަންނަނީ އިތުރުވަމުންނެވެ. އަދި ރާއްޖޭގައި ވެސް މިފަދަ ކުށްތައް ގިނަވަމުން ދިއުމާ ގުޅިގެން އެކަމާ ދެކޮޅަށް ނުކުތުމަކީ މުހިންމު ކަމެއް ކަމުގައި އުރީދޫން ދެކެ އެވެ.

އުރީދޫން ފެށި މި ކެމްޕޭންގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ސައިބާ ސޭފްޓީ އާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭނެ އެވެ. މިއީ ރާއްޖޭގެ އެންމެންނަށް ވެސް އިންޓަނެޓަކީ އަމާން ތަނަކަށް ހެދުމަށް އެ ކުންފުނިން ކުރިއަށްގެންދާ ކެމްޕޭނެއް ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ކޮންމެ އަހަރަކު ވެސް މުޖުތަމައުގެ ރައްކާތެރިކަމާ ގުޅޭގޮތުން ތަފާތު ހަރަކާތްތައް ކުރިއަށްގެންދެ އެވެ. އެގޮތުން، މިދިޔަ އަހަރު އެ ކުންފުނިން ވަނީ އަލަށް ފަށާ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް “ނިރު އެކްސަލަރޭޓާ” ޕްރޮގްރާމާއި ޔޫއެންޑީޕީއާ އެކު “ސްމާޓް ސިޓީ”ގެ ނަމުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.