އޭދަފުށިން ބޯ ފެން ހުސްވެ، ރައްޔިތުން ފެނަށް ޖެހިފައި

އޭދަފުށީ މަގަކުން ބަޔަކު ހިނގާފައިދަނީ. މިރަށުގައި ގާއިމުކޮށްފައިވާ ނަރުދަމާ ބޭނުންކުރުމުގައި އާއްމުން އަމަލުކުރަމުންދާގޮތުން ފަހަކަށް އައިސް ބޮޑެތި  މައްސަލަތައްދަނީ ކުރިމަތިވަމުން
އޭދަފުށީ މަގަކުން ބަޔަކު ހިނގާފައިދަނީ. މިރަށުގައި ގިނަ ބަޔަކު ވަނީ ފެނަށް ޖެހިފައި

 

ވާރޭ ނުވެހި ގިނަ ދުވަސް ވުމުގެ ސަބަބުން ބ. އޭދަފުށިން ބޯ ފެން ހުސްވެ ބައެއް މީހުން ފެނަށް ޖެހިއްޖެ އެވެ.

މިރަށުގައި އާއްމުން ފެން ރައްކާކުރާ ތާނގީތަކުން ވެސް ފެން ހުސްވެފައި ވާއިރު ގިނަ ސަރަހައްދުތަކުގައި ވަޅު ފެނުގައި ނުބައި ވަސް ދުވާތީއާއި ފެނުގައި ލޮނުގެ އަސަރު ވެސް ހުރުމުންއެ ފެން ބޯން ބޭނުންކުރެވޭ ވަރު ނުވާ ކަމަށް ގިނަ މީހުން ބުނެއެވެ.

އަދި ބައެއް ގޭގޭގައި ކޮންމެވެސް ވަރަކަށް ފެން ރައްކާކޮށްފައި ހުއްޓަސް އެއީ ވަރަށް މަދު އަދަދެކެވެ. ގާތްގަނޑަކަށް 3000 އެއްހާ މީހުންގެ އާބާދީއެއް އޮތް މިރަށުގައި މިހާރު އާންމުން ބޭނުންކުރަނީ އަގުބޮޑުކޮށް މިނެރަލް ވޯޓާ ގަނެގެންނެވެ.

“މުޅި ރަށު އެންމެން ކަހަލަގޮތަކަށް ބޮޑު އަގުގައި ފެން ގަނެގެން ބޭނުން ކުރަނީ. ގިނަ ގޭގޭގައި ކައްކަންވެސް ބޭނުންކުރަނީ މިނަރަލް ވޯޓާ، އެ ފެންވެސް ރަށޫން ހުސްވަން ކައިރިވާއިރަށް އަގު ބޮޑުކުރޭ،” ބޯ ފެން ނުލިބިގެން ދަތިތަކެއް ކުރިމަތިވެފައިވާ މީހަކު ބުންޏެވެ.

ފެނަށް ޖެހުމުގެ ސަބަބުން އަތޮޅު ތައުލީމީ މަރުކަޒުގައި ދަރިވަރުންނަށާއި މުވައްޒަފުން ބޯނެ ފެން ލިބެން ނުހުންނާތީ އެ ސްކޫލުގެ ބައެއް ބެލެނިވެރިންނާއި ޓީޗަރުންގެޝަކުވާތައްވެސް މި ނޫހަށް ލިބިފައި ވެ އެވެ.

“މީގެ ކުރިންވެސް ފެން ހުސްވާ ފަހަރުތައް ދިމާވޭ، އެކަމު ކޮންމެވެސް ގޮތަކުން އޭރު ދަރިވަރުންނަށް ފެން ލިބޭނެ އިންތިޒާމުތަކެއް ސްކޫލުން ހަމަޖައްސާ. މިފަހަރު ދަރިވަރަކު އަދި ޓީޗަރަކު ބޯނެ ފެންކޮޅެން ލިބެން ނެތްތާ ދެތިން މަސްވަނީ މިހާރު،” ނަން ނުޖެހުމަށް އެދި އެ ސްކޫލުގެ ޓީޗަރަކު ބުންޏެވެ.

މިގޮތަށް ފެނަށް ދަތިވުމަކީ މި ރަށުގައި އާންމުކޮށް ދިމާވާ ކަމެއް ނޫނެވެ. ނަމަވެސް މިދިޔަ މޭމަހު ކުރި ހުޅަނގު މޫސުމުގެ ވިއްސާރައިގައި ގިނަ ގޭގެއިން ފެން ނެގައި ރައްކާކުރި ނަމަވެސް ވާރޭ ފެނުގައި ކަޅު ކުލަ ހުރެގެން އެ ފެން ބޭނުން ނުކުރުމަށް ރަށު ކައުންސިލުން އެންގުމުން ތާނގީތަކުގައި ހުރި ހުރިހާ ފެނެއް ވަނީ ގިނަ ގޭގެއިން އުކާލައިފަ އެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވި ގޮތުގައި މިރަށުން ފެން ހުސްވެގެން ކުރިން ޑިޒާސްޓާ މެނޭޖްމަންޓް މެދުވެރިކޮށް ގެގައި ފެނުގެ ޝިޕްމަންޓް ވަނީ ދޫކޮށްލައިފަ އެވެ. ކައުންސިލުން ބުނީ އެ ޝިޕްމަންޓް ބޭނުން ނުކޮށް ދޫކޮށްލީ އޭރު ވަރަށް ބޮޑަށް ވިއްސާރަވެސް ކޮށްފައި އޮތުމުން ގިނަ ބަޔަކު ވާރޭ ފެން ރައްކާ ކުރާނެކަމަށްވެސް ބަލާފައި ކަމަށެވެ.

“އޭރު ވިއްސާރަ ކުރާނެކަމަށް ބަލާފައި ޑިޒާސްޓާއިން ފޯރުކޮށްދިން ފެންތައް ބޭނުން ނުކުރީ، މިހާރު މި މަސައްކަތް ކުރަނީ ރަށުގައި ގާއިމުކޮށްފައި ހުރި ފެން ޕްލާންޓް ހިންގައިގެން ފެން ފޯރުކޮށްދެވޭތޯ،” އަލީ ވަހީދު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. m.riza.r

    ވަފީ ބުނެބަލަ ދެންކޮންބައެއްގެކަމެއް ؟ ވަފީ ތިބުނަނީ ރައްޔިތުން ނިކުމެ ފެންހޮޅި އަޅާށޭތަ ؟ ރައްޔިތުންނަށް ދަތިވާ،ރައްޔިތުންގެ އަސާސީ ހައްޤުތައް ފުރިހަމަ ކޮށްދިނުމަށްޓަކައި ވެރިން މިހޮވަނީ ، ވެރިންގެ ޒިންމާއަކީ ރައްޔިތުންނަށް ކަންތަށް ކޮށްދިނުން،، އަޅުގަޑު އަދި ވަފީގެ ފައިސާއިން އަލިފުޅަށް ވެސް ޔާމީނަށްވެސް މުސާރަދެނީ އެބޭފުޅުން މުސާރަ ނަންގަވާފަ ބާކީހުންނަފައިސާއިން އަޅުގަޑުމެން ބޯނެފެނާ ، އަދި ފެންވަރާފެންވެސް ލިބޭނެގޮތް ހަމަޖެއްސުމަކީ އަލިފުޅާ ޔާމީނާ ދެމީހުންގެ ޒިންމާއެއް…އެބޭފުޅުން ނަށް ވަފީ ދަންނަވަންވީނޫންތޯ ދެބޭފުޅުން ގޭގައި މަޑުކުރަން އޭރުން އަޅުގަޑުމެން ނުބުނާނަން މިއީ އަލިފުޅާ ޔާމީނާ ދެބޭފުޅުންގެ ކަމެކޭ…. އޯކޭ ދޯ

    ރައްދު
  2. Baa

    ދެމަސް ދުވަސްވާއިރުވެސް ފޯރުކޯށްދެން މަސައްކަތް ކުރަނީ …ތި ފޯރުވާނީ ކިހާ ދުވަހަކުންބާ ؟؟؟؟

    ރައްދު
  3. kenery

    އިތުރު ހަބަރެއްގެ ގޮތުން އޭދަފުށީގެ ގިނަ ގޭގޭ މީހުން މިހާރު ފެންވަރަނީ ލޮނުފެނުންނޭވެސް ލިޔެލަން ފެނޭ. އެއީ ވަރަށް ގިނަ ގޭގޭ ފެން ވަނީ ލޮނުވެފަ. ހާއްސަކޮށް މޫދާ ކައިރި ގޭގެ. މިކަމަށް އޮތް އެންމެ ބޮޑު ހައްލަކީ ކައުންސިލުން އަވަހަށް ފެންހޮޅި އެޅޭނެ ގޮތެއް އޮތްތޯ ބެލުން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.