ސީސީ އިން ފުޓްސަލް ފެސްޓިވަލެއް ބާއްވަނީ

 ސީސީން މިދިޔަ އަހަރު ކުޑަ އީދު ބޭއްވި ފުޓްސަލް މުބާރާތުގެ ތެރެއިން. މިއަހަރު ފުޓްސަލް ފެސްޓިވަލެއް ބޭއްވުމަށް އެ ކްލަބުން ދަނީ ތައްޔާރުވަމުން
ސީސީން މިދިޔަ އަހަރު ކުޑަ އީދު ބޭއްވި ފުޓްސަލް މުބާރާތުގެ ތެރެއިން. މިއަހަރު ފުޓްސަލް ފެސްޓިވަލެއް ބޭއްވުމަށް އެ ކްލަބުން ދަނީ ތައްޔާރުވަމުން

 

ފުޓްސަލް ފެސްޓިވަލެއް އަންނަ ފިތުރު އީދު ބަނދުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ކްލަބް ކޮމްބިނޭޝަން (ސީސީ) އިން ބުނެފި އެވެ.

އެ ކްލަބުގެ ޗެއާމަން ޝާފީ އަލީ މިއަދު ވިދާޅުވީ ފުޓްސަލް ފެސްޓިވަލެއް ބާއްވަނީ ޒުވާން ކުޅުންތެރިންނަށާއި ކުރީގެ ކުޅުންތެރިންނަށް މުބާރާތެއްގައި ވާދަކޮށް ހުނަރު ދައްކާލުމުގެ އިތުރުންް، ފުޓްބޯޅަ ކުރިއެރުވުމުގައި އެ ކުޅުންތެރިންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ކަމަށެވެ.

ސީސީ ފުޓްސަލް ފެސްޓިވަލުގައި އޮންނާނީ 19 އަހަރުން ދަށާއި 35 އަހަރުން މަތީގެ އުމުރުފުރާ އެވެ. އީދު ބަންދުތެރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ ޖުލައި މަހުގެ 4 ވަނަ ދުވަހުގެ ރޭގަނޑު 9:00 ގެ ކުރިން ފޯމް ހުށަހަޅަން ޖެހެއެވެ.

މުބާރާތުގެ ގަވައިދު އަދި ބައިވެރިވުމަށްއެދޭ ފޯމް ސީސީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.