އޭދަފުށީ މެޑިކަލް ސެންޓަރުގެ ނަމުގައި ފުރަތަމަ ފަރަރަށް ކްލިނިކެއް ހުޅުވަން ތައްޔާރުވަމުން އެބަދެއެވެ.
ކްލިނިކްގެ ވެރިޔާ މުހައްމަދު ރަޝީދު “އީޓީ” އަށް ވިދާޅުވީ އަންނަ ކުޑައީދާ ދިމާކޮށް ހުޅުވައި ހިދުމަތްދޭން ފަށާނެކަމަށެވެ.
މިފަދަ ކްލިނިކެއް ހުޅުވުމުގެ އެންމެބޮޑު ބޭނުމަކީ މިއަތޮޅުގެ ރައްޔިތުން ވީހާވެސް ކުޑަ ހަރަދަކުން ސްޕެސަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނެގޮތް ހަމަޖައްސައިދިނުމެވެ.
“އިރާދަކުރެއްވީއާ މި ބަލަނީ އަންނަ ކުޑައީދުގައި ކްލިނިކް ހުޅުވައި ހިދުމަތްދޭން ފެށޭތޯ، މި ކްލިނިކުން ތަފާތު ބަލިތަކަށް ފަރުވާ ދެވޭނެގޮތަކަށް އިންތިޒާމު ކުރަމުން މިގެންދަނީ” މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
މުހައްމަދު ރަޝީދު ވިދާޅުވީ މި ކްލިކުން ދޭތެރެ ދޭތެރެއިން ތަފާތު މެޑިކަލް ކޭމްޕްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ކޭމްޕް ތަކުގައި ކްލިނިކަށް ވަޑައިގެން ބަލި މީހުން ބައްލަވާނީ ތަޖުރިބާކާރު ދިވެހި ޑޮކްޓަރުން ކަމަށްވެސް ރަޝީދު ވިދާޅުވި އެވެ.