ސިންގަލްސް ޗެމްޕިއަންކަން ޝާފީ އާއި ޖުނޭ އަށް

ސިންގަލްސް ޗެމްޕިއަން ޝާފީ އަދި ޖުނޭ-- އީޓީ ފޮޓޯ / އަބޫ ޔައުލާ
ސިންގަލްސް ޗެމްޕިއަން ޝާފީ އަދި ޖުނޭ– އީޓީ ފޮޓޯ / އަބޫ ޔައުލާ

 

އޭދަފުށި އޯޕަން ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ޝާފީ އަލީ އަދި އަންހެން ޗެމްޕިއަންކަން ޖުނައިނާ ޖާދުﷲ ހޯދައިފި އެވެ.

ފިރިހެން ޗެމްޕިއަންކަން ޝާފީ ހޯދީ ފައިނަލުގައި އިލްޔާސް ހުސައިންއާއި ވާދަކޮށް ސީދާ ދެ ސެޓުން މޮޅުވެގެންނެވެ.

އަންހެން ޗެމްޕިއަންކަން ޖުނައިނާ ހޯދީ ފައިނަލުގައި ފުރަތަމަ ސެޓް ކުޅެ، ތޮމީނާ އަބްދުއްރަހްމާން އަށް އަނިޔާވެ މެޗު ކުރިއަށް ނުގެންދެވިގެން ދޫކޮށްލައިގެންނެވެ.

ބެޑްމިންޓަން މުބާރާތުގެ ބައިވެރިންނާއި އޮފިޝަލުން ބެޑްމިންޓަން އެސޯސޮއޭޝަންގެ ރައިސާއެކު ފޮޓޯއަކަށް ހުއްޓިގެން-- ފޮޓޯ / އަބޫ ޔައުލާ
ބެޑްމިންޓަން މުބާރާތުގެ ބައިވެރިންނާއި އޮފިޝަލުން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައިސާއެކު ފޮޓޯއަކަށް ހުއްޓިގެން– ފޮޓޯ / އަބޫ ޔައުލާ

އަންހެން ޑަބަލްސް ޗެމްޕިއަންކަން ނާޒްނީނާ ޔޫސުފް އާއި ތޮމީނާ އަބްދުއްރަހްމާންގެ ޕެއާ ހޯދީ ފައިނަލުގައި  އައިޝަތު ރިޝްމީ އާއި ސަޖާއަތު އިބްރާހިމްގެ ޕެއާ އަތުން 2-1 އިން މޮޅުވެގެންނެވެ.

ފިރިހެން ޑަބަލްސް ޗެމްޕިއަން ޕެއާ އަކީ އަބްދުލްމަތީން އަބްދުއްސައްތާރު އާއި އިލްޔާސް ހުސައިންގެ ޕެއާ އެވެ. އެ ޕެއާ ތަށި ހޯދީ މަބްރޫކް ނަސީރު އާއި ޝާފީ އަލީގެ ޕެއާ އަތުން 2-1 އިން މޮޅުވެގެންނެވެ.

މި މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަލީ ނާއިލް ނިމާލު ހޯދި އިރު، އަންހެން ޗެމްޕިއަންކަން ހޯދީ އައިޝަތު ނަފްހަތު އެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މުހައްމަދު މާހު އާއި ހައިޝަމް ހަސަންގެ ޕެއާ އެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އައިޝަތު މާޔާ ނިޔާޒު އާއި އައިޝަތު ތުހުފާ ރިފާއު އެވެ.

މުބާރާތުގެ 13 އަހަރުން ދަށުގެ ސިންގަލްސް ފިރިހެން ޗެމްޕިއަންކަން މުހައްމަދު އަބާން ހޯދި އިރު އަންހެން ޗެމްޕިއަންކަން ހޯދީ ސަރާ އަބްދުއްސައްތާރު އެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ މުހައްމަދު އަބާން އާއި ހަސަން ނަޝީތު އެވެ.

މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވައި ޗެމްޕިއަންކަން ހޯދި ކުޅުންތެރިންނަށް ޓްރޮފީ އާއި މެޑަލް ހަވާލުކޮށްދެއްވީ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.