ޓީބީ ތްރީ އޮން ތްރީ ގެ ގުރުއަތުލުން ބާއްވައިފި

ޓީބީ ތްރީއޮންތްރީ ގައި މިިދޔަ އަހަރު ކުޅެނީ
ޓީބީ ތްރީއޮންތްރީ ގައި މިިދޔަ އަހަރު ކުޅެނީ

 

ކްލަބް ދަ ބިގިނާސް (ޓީބީ) އިން އިންތިޒާމުކޮށްގެން މި ރޯދަމަހު ބޭއްވުމަށް ހަމަޖެހިފައިވާ ތްރީ އޮން ތްރީ ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ބާއްވައިފި އެވެ. ރޯދަމަހު ބޭއްވުމަށް މިމަހުގެ 29 ން އަންނަ މަހުގެ 6 ވަނަ ދުވަހާ ހަމަޔަށް ކުރިއްދާ ޓީބީ 3 އޮން 3 މުބާރާތުގެ ގުރުއަތުލުން ރޭ ބާއްވައިފިއެވެ.

ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި މިފަހަރުވެސް ޖުމްލަ 16 ޓީމް ޓީމް ވާދަކުރެ އެވެ.

ގްރޫޕް އޭ ގައި ހިމެނެނީ ވެލާ ސްޕޯޓްސް، ކްލަބް ބީ އެސް ކޭ، ސަންސެޓް ނިއު ޖަނަރޭޝަން އަދި އެފް ސީ އޮޒޮކް އެވެ. ގްރޫޕް ބީ ގައި ހިމެނެނީ ހުސް ސޮނގުން، ޑައުން ޓައުން، ފެއިމްސް ޔުނައިޓެޑް އަދި ޓީމް ގުޑުގުޑާއެވެ. ގްރޫޕް ސީ ގައި ހިމެނެނީ އެޗް އޭ ސްޕޯޓްސް، އެފް ސީ ހަބޭސް، ފަޔަރ ބޯލް އަދި ޑޮލަރު ސިޓީއެވެ. ގްރޫޕް ޑީ ގައި ހިމެނެނީ އެފް ސީ ސޫޕް، ސަޖި އެންޑް ޕްރެންޑްސް، ދި އެކްސްކާޝަން އަދި ޖީ ބީ ސިޓީ އެފް ސީ އެވެ.

މުބާރާތް ހުޅުވާ މެޗުގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ވެލާ ސްޕޯޓްސް އާއި ކްލަބް ބީއެސްކޭ އެވެ. ޖޫން 29 އިން ޖުލައި 6 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ މެޗްތައް ފަށާނީ ރޭގަނޑު 10 ޖަހާއިރުއެވެ. މުބާރާތް ކުރިއަށްދާނީ ޔޫތު ސެންޓަރުގެ ފުޓްބޯޅަ ދަނޑުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.