ތަރާވީހު ނަމާދު ކުރަން ހާފިޒުން ގެނެސްފި

mosq

ރޯދަ މަހު އޭދަފުށީގެ މިސްކިތްތަކުގައި އިމާމުވެ ތަރާވީހް ނަމާދުކޮށް ހިފްޒުކުރުމަށްޓަކައި 3 ހާފިޒުން ގެނެސްފި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ ހާފިޒުން ގެނެސްފައި ވަނީ ކުރީ އަހަރުތަކުގައިވެސް މި ކަމުގައި ހަރަކާތްތެރިވަމުން އަންނަ އޭދަފުށީ ކާށިދޫގެ މޫސާ މުހައްމަދު ކަމަށެވެ. އަދި މި ކަމުގައި ކައުންސިލުގެ އެހީތެރިކަންވެސް ފޯރުކޮށްދީފައިވާނެ ކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ. މި ވޭތުވެދިޔަ ހަ އަހަރުގެ ރަމަޝާން މަހުގައިވެސް ތަރާވީހު ނަމާދު ކުރުމަށާއި ދަމު ނަމާދުކުރުމަށްް މޫސާ މުހައްމަދު ހާފިޒުން ގެނެސްފައިވެ އެވެ.

ކައުންސިލުން ބުނިގޮތުގައި މިއަހަރު ދެ މިސްކިތުގައިވެސް ހާފިޒުން ތަރާވީހު ނަމާދުކުރައްވާނެ އެވެ. އެގޮތުން ދެ ހާފިޒަކު ބޮޑު މިސްކިތުގައި އިމާމުވެ ތަރާވީހް ނަމާދުކޮށް ހިފްޒު ކުރައްވާއިރު، އަނެއް ހާފިޒު އިމާމުވެ ތަރާވީހު ނަމާދު ކުރައްވާނީ މަސްޖިދިލް ޔޫސުފް (ކުޑަ މިސްކިތް) ގަ އެވެ.

އޭދަފުށީ ކައުންސިލުން ބުނީ ކުރީ އަހަރުތަކެކޭ އެއްގޮތަށް މި ރޯދަމަހުވެސް ތަރާވީހް ނަމާދާއި ދަމު ނަމާދު އަންހެން ބޭފުޅުންނަށް ކުރެވޭނެ ގޮތަށް ހުކުރު މިސްކިތުގައި އިންތިޒާމުތައް ހަމަޖައްސައިފައިވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.