ވަދާ ނުކުމެ އުޅުނު ދޯންޏެއް ބަންޑުން ޖަހާލައިފި

"ރުވާ" ދޯނި ބަންޑުން ޖަހާލާައި-
“ރުވާ” ދޯނި ބަންޑުން ޖަހާލާައި-

 

މިއަދު ހެނދުނު ވަދާ ނުކުމެ އުޅުނު ބ. އޭދަފުށީ ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ.

މިއަދު ހެނދުނު 9:40 ހާއިރު މިއަތޮޅު އިރު އުތުރު ކަންމތީގައި އޮންނަ ވަންދޫ މާފަރު ފަރު ކައރިރިއަށް ބަނޑުން ޖަހާލާފައިވަނީ މިރަށު “ރުވާ” ކިޔާ ދޯންޏެކެވެ.

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އެ ސަރަހައްދުގައި ވަދާއެޅުމުގައި ހަރަކާތްތެރިވަމުންދިޔަ އޭދަފުށީގެ އެހެން ދޯންޏަކުން ކަމަށެވެ.

“މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ފުލުހުންގެ ލޯންޗްގައި އެ ސަރަޙައްދަށް ގޮސް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެ ސަރަޙައްދުގައި ވަދާއެޅުމުގައި ހަރަކާތްތެރިވި ދޯނީގެ ފަޅުވެރިންގެ އެހީތެރިކަމާއެކު ބަންޑުން ޖަހާލި އިރު ދޯނީގައި ތިބި ދެ މީހުން ސަލާމަތްކޮށް ރައްކާތެރިކަމާއެކު ވަނީ ފުލުހުންގެ ލޯންޗްގައި އޭދަފުއްޓަށް ގެންގޮސްފައެވެ،” ފުލުހުން ބުންޏެވެ.

“ރުވާ” ދޯނި ސަލާމަތް ކުރުމަށް ބޭނުންވާތަކެތި ފުލުހުންގެ ލޯންޗްގައި އެ ސަރަޙައްދަށް ގެންގޮސް އެ ދޯނި ސަލާމަތްކުރުމުގެ މަސައްކަތް އޭދަފުށީ ރައްޔިތުންނާއި ފުލުހުން ގުޅިގެން ދަނީ ކުރަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.