ނާޒިމް ރަޝާދު ޕީޕީއެމަށް ސޮއި ކުރައްވައިފި

     މުލިއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ނާޒިމް ރަޝާދު ޕީޕީއެމަށް ސޮއިކުރައްވަނީ.

މުލިއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ނާޒިމް ރަޝާދު ޕީޕީއެމަށް ސޮއިކުރައްވަނީ.

 

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ރައްޔިތުން މަޖިލީހުގެ ބ. ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު އެ ޕާޓީން ވަކިވެ ވަޑައިގެން، ވެރިކަން ކުރާ ޕީޕީއެމްއާ ގުޅިވަޑައިގެންފި އެވެ.

ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު ކަން ވެސް ކުރައްވާ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ހަވީރު އޮންލައިނަށް ވިދާޅުވެފައިވަނީ ނާޒިމް ރަޝާދު ޕީޕީއެމްއަށް ސޮއި ކޮށްފައިވާ ފޯމް މިހާރު ޕާޓީއަށް ލިބިފައިވާ ކަމަށެވެ. އަދި މަޖިލީހަށް ވެސް އެކަން އެންގުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ނިހާން ހަވީރަށް ވިދާޅުވެފައިވެ އެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި ވެސް ތުޅާދޫ ދާއިރާގެ މެންބަރުކަން ނާޒިމް ކުރެއްވީ އިރު އެ ގޮނޑިއަށް އޭނާ އެފަހަރު އިންތިހާބުވެ ވަޑައިގަތީ އަމިއްލަ މެންބަރެއްގެ ގޮތުގަ އެވެ. ނަމަވެސް 2010 ވަނަ އަހަރުގެ ތެރޭގައި އޭނާ އެމްޑީޕީއާ ގުޅިވަޑައިގެން އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ އެ ޕާޓީގެ މެންބަރެއްގެ ގޮތުގަ އެވެ.

ނާޒިމް ރަޝާދު ޕީޕީއެމަށް ސޮއި ކުރެއްވުމާ އެކު، މަޖިލީހުގައި އެ ޕާޓީ ތަމްސީލް ކުރާ މެންބަރުންގެ އަދަދު 42 އަށް އެރީ އެވެ. އަދި އިދިކޮޅު މެންބަރުންގެ އަދަދު 23 އަށް ވެއްޓޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.