ފުޓްސަލް ދަނޑު އަޅާނީ ފުޓްބޯޅަ ދަނޑުގެ ދެކުނުން އޮތް ހުސްބިމުގައި

ސްޕޯޓްސް އެީނާގެ ދަށުން ފުޓްސަލް ދަނޑު އަޅާ ސަރަހައްދު. އީޓީ ފޮޓޯ / އިބްރާހިމް ޝިޔާމް
ސްޕޯޓްސް އެރީނާގެ ދަށުން ފުޓްސަލް ދަނޑު އަޅާ ސަރަހައްދު. އީޓީ ފޮޓޯ / އިބްރާހިމް ޝިޔާމް

 

ރާއްޖޭގެ ބޮޑެތި ރަށްތަކުގައި ސްޕޯޓްސް އެރީނާ ހެދުމަށް ހިންގާ މަޝްރޫއުގެ އޭދަފުށީގައި އެޅުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑު އަޅާނީ ރަސްމީ ފުޓްބޯޅަ ދަނޑުގެ ދެކުނުން އޮތް ހުސް ބިމުގައި ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލުން ބުނިގޮތުގައި ފުޓްސަލް ދަނޑު އެޅުމަށް އެ ބިން ހަމަޖެއްސީ ރަށުގެ ކުޅިވަރު ކުޅޭ ސަރަހައްދުތަކުން ދަނޑުނެގެން އޮތް ސަރަހައްދުތަކާމެދު އެ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު އެވެ.

ކައުންސިލްގެ ނާއިބްރައީސް މުހައްމަދު ނައުރީފް ވިދާޅުވީ މިހާރުގެ ރަސްމީ ފުޓްބޯޅަ ދަނޑުގެ ދެކުނުން ކުރީގެ އަންހެނުންގެ މިސްކިތް ހުރި ސަރަހައްދުން ދަނޑު އެޅުމަށް އެކަށީގެންވާ ވަރުގެ ބިމެއް ލިބޭ ކަމަށެވެ. އަދި ކޮންޓްރެކްޓަރާ އެ ބިން ހަވާލުކުރުމަށް ކައުންސިލުން ތައްޔާރުވަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

IMG_0007

ޔޫތް މިނިސްޓްރީގެ ކުރެހުމުގައި ވާގޮތުން ފުޓްސަލް ދަނޑު އަޅާނީ ދަނޑުގެ ދިގުމިން ދެކުނުން އުތުރަށް ވާގޮތަށް ދިގުމިނުގައި 96.4 ފޫޓް ހުންނަގޮތަށެވެ. އަދި ފުޅާމިނުގައި އިރުން ހުޅަނގަށް 76.3 ފޫޓަށެވެ. އެ ކުރެހުމުގައި ވާގޮތުން ފުޓްސަލް ދަނޑުގެ އިތުރުން އެ ސަރަހައްދުގައި ބާސްކެޓް ކޯޓަކާއި ވޮލީކޯޓެއްވެސް އެޅުމަށް ޕްލޭން ކުރެވިފައިވެ އެވެ.

ސަރުކާރުން މިއަހަރު ތެރޭގައި ގާއިމްކުރުމަށް ނިންމާފައިވާ ސްޕޯޓްސް އެރީނާ ތަކުގެ ތެރެއިން އޭދަފުށީގައި އަޅާ ފުޓްސަލް ދަނޑު އެޅުމަށް މިދިޔަ މަހު ވަނީ ލޯން ސްޓާ ޓްރޭޑިންއާ ހަވާލުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.