ތައުލީމީ މަރުކަޒަށް އެއްލައްކަ ރުފިޔާ ހަދިޔާކޮށްފި

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ކުލާހުގައި- އެ ސްކޫލަށް ރަށުގެ އަމިއްލަ ފަރާތަކުްނ އެއްލައްކަ ރުފިޔާ ވަނީ ހަދިޔާކޮށްފައި-- ފައިލް ފޮޓޯ
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ކުލާހުގައި- އެ ސްކޫލަށް ރަށުގެ އަމިއްލަ ފަރާތަކުްނ އެއްލައްކަ ރުފިޔާ ވަނީ ހަދިޔާކޮށްފައި– ފައިލް ފޮޓޯ

 

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންގެ ފަންޑަށް މިރަށުގެ އަމިއްލަ ފަރާތަކުން އެއްލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް އަހްމަދު އަލީ ވިދާޅުވި ގޮތުގައި އޭދަފުއްޓަށް އުފަން މަހުޖަނު އަދި ރިސޯޓްތައް ހިންގަމުން ގެންދާ ކްރައުން ކޮމްޕެނީގެ އެއް ޑިރެކްޓަރު ޗާންދަނީ އަހްމަދު ނަޒީރު އެއްލައްކަ ރުފިޔާ ކުދިންގެ ފަންޑަށް ހަދިޔާކުރެއްވީ އޭނާގެ މަންމަ އާއި ބައްޕަގެ ހަނދާނުގަ އެވެ.

“މި ފައިސާ އަކީ ބ. އޭދަފުށީ ޗާންދަނީގޭ އަލް މަރުހޫމް އިސްމާއީލް ކަލޭފާނު އާއި އަލްމަރްޙޫމާ މަރިޔަމްފުޅުގެ ހަނދާނުގައި އަހްމަދު ނަޒީރު ސްކޫލް ދަރިވަރުންގެ ފަންޑަށް ޖޫން 30، 2014 ދުވަހު ހަދިޔާ ކޮށްދެއްވި އެއްލައްކަ ރުފިޔާ”، އަހްމަދު އަލީ ވިދާޅުވި އެވެ.

އަހްމަދު އަލީ ވިދާޅުވީ ނަޒީރުގެ ފަރާތުން ދީލަތި އެހީތަކެއް ވޭތުވެ ދިޔަ އަހަރު ތަކުގައިވެސް ލިބެމުން އަންނަ ކަމަށާއި މި ފައިސާ ޚަރަދު ކުރަނީ ދަރިވަރުންގެ ކުރިއެރުވުމަށް ސްކޫލްގެ ވަސީލަތްތައް ތަރައްޤީ ކުރުމަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.