އަނެއްކާވެސް ބެޑްމިންޓަން މުބާރާތެއް ބާއްވަނީ

ބީޑީސީން މިދިޔަ މަހު ބޭއްވި ބެޑްމިންޓަން މުބާރާޓުގެ ކުޅެނީ. އަނެއްކާވެސް މިރަށޫގައި ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށްދަނީ ތައްޔާރުވަމުން-- ފައިލް ފޮޓޯ
ބީޑީސީން މިދިޔަ މަހު ބޭއްވި ބެޑްމިންޓަން މުބާރާޓުގެ ކުޅެނީ. އަނެއްކާވެސް މިރަށޫގައި ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށްދަނީ ތައްޔާރުވަމުން– ފައިލް ފޮޓޯ

 

ބ. އޭދަފުށީގައި އަނެއްކާވެސް ބެޑްމިންޓަން މުބާރާތެއް ބާއްވާން ތައްޔާރުވެއްޖެ އެވެ.

ބ. އަތޮޅު ޒުވާނުންގެ މަރުކަޒާއި އޭދަފުށީ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމެޓީ އާއި އަތޮޅު ކައުންސިލް އިދާރާ އަދި ޔޫތު މިނިސްޓްރީ ގުޅިގެން ބާއްވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ މި ރޯދަމަސް ތެރޭގަ އެވެ.

މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޓީމު އިވެންޓުތަކެވެ. ޓީމުތައް ހެދުމަށް ހަމަޖެހިފައިވަނީ މުބާރާތުގައި ބައިވެރިވާ ކުޅުންތެރިން ޝީޑްކޮށް، އެ ކުޅުންތެރިން ހަމަހަމަ އުސޫލަކުން ޓީމުތަކަށް ބަހާލައިގެންނެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ދެ ޖިންސުގެ ކުޅުންތެރިން އަންނަ ހޯމަ ދުވަހުގެ ރޭ 11:00 ގެ ކުރިން 9966580 ނުވަތަ 7620620 އާ ގޫޅައި ނަންނޯޓް ކުރަން ޖެހެ އެވެ.

އޭދަފުށީގައި މިދިޔަ މަހުވެސް ވަނީ ބެޑްމިންޓަން މުބާރާތެއް ބާއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.