ގިނަ އަދަދެއްގެ ސޮފްޓު ޑްރިންކްސް އާއި ކޭކުތަކެއް ވަގަށް ނަގައިފި

ބ. ހިތާދޫ ވައިއެފް އާރު ޓްރޭޑާސް ގެ ގުދަނުން ވަގައް ނެގި ބައެއް ތަކެތި ފޮޓޯ - ހިތާދޫ އޮންލައިން
ބ. ހިތާދޫ ވައިއެފް އާރު ޓްރޭޑާސް ގެ ގުދަނުން ވަގައް ނެގި ބައެއް ތަކެތި ފޮޓޯ – ހިތާދޫ އޮންލައިން

ހިތާދޫން އާމިރު އަބްދުއްލަޠީފް

ބ. ހިތާދޫ ފިހާރައެއްގެ ގުދަނުން ގިނަ އަދަދެއްގެ ސޮފްޓް ޑްރިންކުސް އާއި ކޭކު ފޮށިތަކެއް ވަގަން ނަގައިފި އެވެ.

ހިތާދޫ އާފަސް ޔޫނުސް މޫސާގެ ވައިއެފްއާރު ޓްރޭޑާސް ގެ ގުދަނުން ގިނަ އަދެއްގެ ސްފްޓްޑްރިންކުސް އާއި ކޭކު ފޮށިތަކެއް ވަގަން ނަގާފައިވާ ކަން އެނގުނީ އިއްޔެ ހެނދުނު ކަމަށް އެ ފަރާތުން ބުނެއެވެ.

އާފަސް ޔޫނުސް މޫސާ ބުނީ ގުދަނުގެ ތަޅު ކޮންމެވެސް ވަރަކަށް ހަލާކުވެފައިވާނެ ކަަމަށާއި ތަކެތި މަދުކަން އެނގުނި މުނިޔާގޭ މީހުން ގެންގުޅޭ ކެނޯއެއް މޫދަށް ބާލަން އުޅެނިކޮށް އޭގެދަށުގައި ކޭކު ފޮށިތަކެއް ހުރެގެން ކޯޓާއި އެތަކެތި ހަވާލު ކުުރުމުން ގުދަނުގައި ހުރި ސްޓޮކް ބެލުމުން ކަމަށެވެ. އޭގެތެރެއިން ބައެއް ކޯކް ކޭސްތަކާއި އިނާޖީ ޑްރިންކްސް ފެނިފައިވާ ކަމަށްވެސް ޔޫނުސް މޫސާ ބުންޏެވެ.

“އަތިރިމަތީ ހޭޅީގައި ހުރި ކުނިތަކާ ފަންތައް ދަށަށް ލާ ފޮރުވާފައި ހުރީ، އަދިވެސް ބައެއް ތަކެތި ނުފެނޭ، ހުރީ ދަޅުފުޅި ނަގާފައި ދެން ކޭކްވެސް މަދު، ބައެއް ދަޅުތައް ހުރީ ބޮއިފާ” ޔޫނުސް މޫސާ ބުންޏެވެ.

މި މައްސަލަ ފުލުހުންނާއި ކައުންސިލަށް ހުށަޅާފައިވާ ކަމަށާއި ފުލުހުން ބުނެގެން އެތަކެތީގައި އަތްނުލާ ހަަވީރު ވަންދެން ބަހައްޓައިގެންވެސް ފުލުހުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބުކަމަށްވެސް ޔޫނުސް ބުންޏެވެ.

“އެމީހުން [ފުލުހުން] ބުނެގެން މިއެއްޗެހީގައި އަތްނުލާ ބަހައްޓައިގެންވެސް އެމީހުންގެ އެއްބާރުލުމެއް ނުލިބުނު، އަހަރެން ބުނެފިން ކަައުންސިލަށް ގުޅާފައިވެސް އެމީހުންނަކީ ނުކުޅެދިފައިވާ ބައެކޭ ދެން އެމީހުން އެހީތެރިކަމެއް ބޭނުމެއް ނޫނޭ، އަހަރެން ނަށް ހޯދުނު ގޮތަކުން ވައްކަންކުރި މީހުން ހޯދޭތޯ ބަލާނަން،” ފިހާރައިގެ ވެރިފަރަތް ޔޫނުސް ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ޔޫނުސް ބުނިގޮތުގައި މިކަން ހިންގާފައިވާކަމަށް ޝައްކުކުރެވެނީ މީގެން ދެތިން ދުވަސް ކުރިންކަމަށާއި ވަގަން ނެގި މުދަލުގެ އަގަށް 3000 އެއްހާ ރުފިޔާ އަރާނެ އެވެ. އަދި އިއްޔެ ކޯޓުން ނީލަން ކީ ކޭކު ފޮށިތަކަކީ އޭނާގެ މުދާކަމަށް ބެލެވޭކަމަށާއި ނީލަން ކީ އެ ފޮށިތަކުގެ ވެރިއަކު ހުރިތޯ ބެލުމަށް އިއުލާން ނުކޮށް ކަމަށްވެސް ޔޫނުސު ބުންޏެވެ.

ހޮވައިގެން ގެނައި ކޭކު ފޮށިތަކެއް އިއްޔެ މެންދުރުފަހު ދޭއް ޖެހި އިރުވަނީ ބ. ހިތާދޫ މެޖިސްޓްރޭޓު ކޯޓުގައި ނީލަން ކިޔައި ވިއްކާލާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.