ފޭލި ގުރުއާން މުބާރާތުގައި 300 އަށްވުރެ ގިނަ ބައިވެރިން

ފޭލިން މިދިޔަ އަހަރު ބޭއްވި ގުރުއާން މުބާރާތުގެ ތެރެއިން-- ފައިލް ފޮޓޯ
ފޭލިން މިދިޔަ އަހަރު ބޭއްވި ގުރުއާން މުބާރާތުގެ ތެރެއިން– ފައިލް ފޮޓޯ

 

ފޭލި ޖަމިއްޔާއިން ބާއްވާ ގުރުއާން މުބާރާތުގައި މިއަހަރު 300 އަށް ވުރެގިނަ ބައިވެރިން ބައިވެރިވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

ފޭލި ޖަމިއްޔާގެ ހިންގާ ސެކްރެޓަރީ މުހައްމަދު ރަޝީދު އީޓީ އަށް ވިދާޅުވީ އެ ޖަމިއްޔާއިން ރޯދަމަހުގެ މުނާސަބަތުގައި އަހަރަކު އެއް ފަހަރު ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވާ މީހުންގެ އަދަދު އަހަރެއް އަހަރަކަށް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި 308 މީހުންނާއި ކުދިން ބައިވެރިވެފައިވާ ކަމަށް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ފޭލި ޖަމިއްޔާއިން ބުނީ މުބާރާތުގައި ބައިވެރިވި ފަރާތްތަކުގެ ލިސްޓް އިސްލާހު ކުރުމަށްޓަކައި މިހާރު ފޭލި ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެކަމަށެވެ.

ހުރިހާ އުމުރުފުރާ އަކަށް ހުޅުވާލައިގެން ބާއްވާ މި ފަހަރުގެ މުބާރާތްވެސް ރޯދަމަހުގެ ފަހު ހަފްތާގައި ބޭއްވުމުގެ ތައްޔާރީތައް މިހާރު ދަނީ އެ ޖަމިއްޔާއިން ކުރަމުންނެވެ.

2002 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފޭލި ގުރުއާން މުބާރާތަކީ ކީރިތި ގުރުއާން ހިތު ދަސްކުރުމާއި ތަޖްވީދުގެ މަގުން ރީތިކޮށް ގުރުއާން ކިޔަވާ މީހުން އޭދަފުށީގައި އުފެއްދުމުގެ މަގްސަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. އެގޮތުން މިއީ އެ ޖަމިއްޔާއިން ބާއްވާ 12 ވަނަ މުބާރާތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.