ނާޒިމް އިސްތިއުފާ ދެއްވުމަށް އަތޮޅު ކައުންސިލުގެ ރައީސް ގޮވާލައިފި

     މުލިއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ނާޒިމް ރަޝާދު ޕީޕީއެމަށް ސޮއިކުރައްވަނީ.

މުލިއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ނާޒިމް ރަޝާދު ޕީޕީއެމަށް ސޮއިކުރައްވަނީ. ނާޒިމް ރަޝާދު އިސްތިެުފާ ދެއްވުމަށް މިއަތޮޅު ކައުންސިލަރުވަނީ ގޮވާލާފައި

 

އެމްޑީޕީގެ މެޖޯރިޓީ އޮތް ތުޅާދޫ ދާއިރާއިން ނާޒިމް ރަޝާދު އެ ގޮނޑިއަށް އިންތިހާބު ކުރެއްވީ އޭނާގެ ހަށި، މިލިއަން ރުފިޔާއަށް ވިއްކާލަން ނޫން ކަމަށާއި އޭނާ މިހާރުން މިހާރަށް އިސްތިއުފާދިނުމަށް ބ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލު ގޮވާލައްވައިފި އެވެ.

އާދިލް ރާއްޖެ ޓީވީއަށް ވިދާޅުވީ ތުޅާދޫ ދާއިރާގެ ބައި އިލެކްޝަނެއް ބާއްވަން ޖެހޭނެ ކަމަށާއި، ނާޒިމްގެ ހިތްވަރެއް ހުރިނަމަ ޕީ.ޕީއެމްގެ ޓިކެޓެއްގައި ވާދަކޮށްލަން ނުކުތުމަށެވެ. އަދި މިކަން އެހާ ފަސޭހައިން ދޫ ނުކޮށްލާނެ ކަމަށާއި ޚާއްސަކޮށް ޒުވާނުން މިކަމުގައި ނާޒިމް އާއި ދެކޮޅަށް ނުކުންނާނެ ކަމަށްވެސް އާދިލު ވިދާޅުވިކަމަށް ރާއްޖެ ޓީވީން ބުންޏެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ތުޅާދޫ ދާއިރާއަށް ނާޒިމް ރަޝާދު ހޮއްވެވީ ސަރުކާރާ ގުޅެން ނޫންކަމަށާއި އޭނާއަށް ވޯޓްދިނީ ސަރުކާރު ޒިންމާދާރު ކުރުވަން ކަމަށް ތުޅާދޫ ދާއިރާގެ ރައްޔިތުން ބުނަން ފަށާފައިވާ ކަމަށްވެސް ރާއްޖެ ޓީވީން ބުންޏެވެ. އަދި ނާޒިމް ރަޝާދު ޕީޕީއެމް އާއި ގުޅުނީ އެތައްމިލިއަން ރުފިޔާއާއި ނާޖާއިޒު ފައިދާ ގަނޑަކަށް ކަމަށް، އެ ގޮނޑިއަށް ނާޒިމް ހޮވުމަށް މަސައްކަތް ކުރި ޒުވާނުންވެސް ބުނަމުން އަންނަ ކަމަށް ރާއްޖެ ޓީވީން ބުންޏެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި ވެސް ތުޅާދޫ ދާއިރާގެ މެންބަރުކަން ނާޒިމް ކުރެއްވިއިރު އެ ގޮނޑިއަށް އޭނާ އެފަހަރު އިންތިހާބުވެ ވަޑައިގަތީ އަމިއްލަ މެންބަރެއްގެ ގޮތުގަ އެވެ. ނަމަވެސް 2010 ވަނަ އަހަރުގެ ތެރޭގައި އޭނާ އެމްޑީޕީއާ ގުޅިވަޑައިގެން އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ އެ ޕާޓީގެ މެންބަރެއްގެ ގޮތުގަ އެވެ. ނަމަވެސް ނާޒިމް ރަޝާދު ވަނީ މިދިޔަ ހަފްތާގައި އެ ޕާޓީން ވަކިވެ، ވެރިކަން ކުރާ ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ.

ގުޅުންހުރި ލިޔުންތައް

5 ކޮމެންޓް

  1. Abdulla Rasheed

    ބ.އަތޮޅު ކައުންސިލްގެ ރައީސް އާދިލް ތަ ނާޒިމް ހޮވަން ފައިސާ ޚަރަދު ކުރީ ، ނާޒިމް ބޭނުން ޕާޓީއަކަށް ބަދަލުވާނެ ، އާދިލް ނުޖެހޭ އެކަމާ ބެހޭކަށް ދެން މާ އެމް.ޑީ.ޕީ ވެގެން އުޅޭނެ ކަމެއް ނެތް ތިމާވަރުގެ މީހެއް ނެތްކަމަށް އުޅޭނެ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.