ބ. އަތޮޅުގައި މަސައްކަތްކުރާ ފުހުންނަށް މައުލޫމާތުދީފި

ޕޮލިސް ކަސްޓޯޑިއަލް ޕްރޮސިޖަރ އަށް އަހުލުވެރިކުރުމަށް އޭދަފުށީގައި މަސައްކަތްކުރާ ފުލުހުންނަށް ސެޝަންތަކެއް ނަގައިދެނީ - ފޮޓޯ ބ.އޭދަފުށީ ޕޮލިސްޓޭޝަން
ޕޮލިސް ކަސްޓޯޑިއަލް ޕްރޮސިޖަރ އަށް އަހުލުވެރިކުރުމަށް އޭދަފުށީގައި މަސައްކަތްކުރާ ފުލުހުންނަށް ސެޝަންތަކެއް ނަގައިދެނީ – ފޮޓޯ ބ.އޭދަފުށީ ޕޮލިސްޓޭޝަން

 

ތަފާތު އެކިއެކި މައްސަލަ ތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ މީހުންނަށް ލިބިގެންވާ ޙައްޤުތަކާއި އެމީހުން ހައްޔަރަށް ވެއްދުމުގައި ކަންތައްތައް ކުރަންވީ ގޮތްތަކާ ބެހޭގޮތުން ބ. އަތޮޅުގައި މަސައްކަތް ކުރާ ފުލުހުންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި އެވެ.

ދެ ދުވަހުގެ ނިޔަލަށް އޭދަފުށީ ޕޮލިސް ސްޓޭޝަނުގައި ބޭއްވި މި ބައްދަލުވުމުގައި މައުލޫމާތު ދެއްވީ ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ތަޖްރިބާކާރު ފުލުހުންނެވެ.

ފުހުން ބުނިގޮތުގައި މި ބައްދަލުވުމުގެ މަގުސަދަކީ އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނާމެދު ފުލުހުންގެ ހުރިހާ މަރުކަޒު ތަކެއްގައިވެސް އެއް އުޞޫލަކުން އަމަލު ކުރަމުން ގެންދިއުމަށް ބާރުއަޅައި އެގޮތަށް މަސައްކަތްތައް ބައްޓަން ކުރުމާއި ފުލުހުންގެ ކަސްޓޯޑިއަލްގައި ބޭނުން ކުރާ ސޮފްޓްވެއާ ކަސްޓޯޑިއަލް ފެސިލިޓީޒް ހުންނަ ހުރިހާ މަރުކަޒުތަކެއްގައި ބޭނުން ކުރަން ފެށުމާއެކު އެކަމަށް ފުލުހުން އަހުލުވެރި ކުރުމެވެ. މި ބައްދަލުވުމުގައި ކަސްޓޯޑިއަލް އިން ބޭނުންކުރާ ސޮފްޓްވެއާ ބޭނުންކުރާނެ ގޮތުގެ މައުލުމާތުވެސް ފުލުހުންނަށް ދީފައިވެ އެވެ.

މިފަދަ ބައްދަލުވުންތައް ފުލުހުންގެ ބެލުމުގެ ދަށުގައި މީހުން ބައިތިއްބާ ހުރިހާ ސްޓޭޝަންތަކުގައިވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.