ކްލަބް ދަ ބިގިނާސް ތްރީ އޮން ތްރީ މުބާރާތުގެ ސެމީ ފައިނަލަށް ޓީމުހޮވިއްޖެ އެވެ.
16 ޓީމު ވާދަކުރާ މި މުބާރާތުގެ ގްރޫޕް އޭ އިން އެފްސީ އޮޒޯކް އެއްވަނަ ހޯދި އިރު ގްރޫޕް ބީން އެއްވަނަ ހޯދީ ފެއިމްސް ޔުނައިޓެޑް އެވެ. އަދި ގްރޫޕް ސީ ން ޑޮލަރ ސިޓީ އެއްވަނަ ހޯދި އިރު ގްރޫޕް ޑީން އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ ދަ އެކްސްކާޝަން އެވެ.
ސެމީ ފައިނަލް މެޗުތައް މިރޭ ކުރިއަށްދާނެ އެވެ. ސެމީގެ ފުރަތަމަ މެޗުގައި މިރޭ 11:00ގައި އެފްސީ އޮޒޯކް އާ ދެކޮޅަށް ނުކުންނާނީ ދަ އެކްސް ކާޝަން އެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ފެއިމްސް ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނީ ޑޮލަރ ސިޓީ އެވެ.
މި މުބާރާތަކީ ކޮންމެ އަހަރެއްގެ ވެސް ރޯދަމާހާ ދިމާކޮށް ކްލަބް ދަ ބިގިނާސް އިން ބާއްވަމުން އަންނަ މުބާރާތެކެވެ. އެގޮތުން މިއީ އެ ކްލަބުން މި މުބާރާތް ބާއްވާ 5 ވަނަ އަހަރެވެ.