ޓީބީ އިން ރޯދަ ވީއްލުމެއް ބާއްވައިފި

ދަ ބިގިނާސް އިން އިއްޔެ ބޭއްވި ބިޔަ ރޯދަ ވީއްލުމުގެ ތެރެއިން-- ފޮޓޯ / ދަ ބިގިނާސް
ދަ ބިގިނާސް އިން އިއްޔެ ބޭއްވި ބިޔަ ރޯދަ ވީއްލުމުގެ ތެރެއިން– ފޮޓޯ / ދަ ބިގިނާސް

 

އޭދަފުށީ ކްލަބް ދަ ބިގިނާސް އިން “ބިޔަ ރޯދަ ވީއްލުން” ނަމުގައި ރޯދަ ވީއްލުމެއް ބާއްވައިފި އެވެ.

އެ ޖަމިއްޔާއިން ބުނީ އިއްޔެ ހަވީރު އޭދަފުށީ ހިއްކި ސަރަހައްދުގައި ބޭއްވި މި ރޯދަ ވީއްލުމުގެ މައިގަނޑު މަޤްސަދަކީ ތަފާތު ގޮތަކަށް އެއްތަނަކުން އެންމެން އެކުވެ މެންބަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ. މި ރޯދަވީއްލުމުގައި މެމްބަރުންގެ އިތުރުން އެ ކްލަބަށް އެކި ގޮތްގޮތުން އެހީތެރިކަން ދިން ފަރާތްތަކުންވެސް ބައިވެރިވިއެވެ.

ބިޔަ ރޯދަ ވީއްލުން އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެ ކްލަބްގެ މެމްބަރެއްކަމުގައިވާ އިމްތިޔާޒް އިބްރާހީމް ވިދާޅުވީ ދަ ބިގިނާސްގެ އޮފިޝަލް ފޭސްބުކް ޕޭޖް މެދުވެރިކޮށް ކްލަބްގެ ހުރިހާ މެމްބަރުންނަށް ދައުވަތު އަރުވައިގެން ބޭއްވި މި ރޯދަ ވީއްލުމަކީ އަދި ފެށުމެއް ކަމަށާއި، ކުރިޔަށް އޮތް ތަނުގައި މިކަހަލަ ތަފާތު އެތައް ހަރަކާތްތަކެއް އެ ކްލަބުން ކުރިޔަށް ގެންދާނެ ކަމަށެވެ.

ކްލަބް ދަބިގިނާސް އަކީ 2012 ވަނަ އަހަރުން ފެށިގެން ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށް އޭދަފުށީ އިރުމަތީ ސަރަހައްދަށް ނިސްބަތްވާ ޒުވާނުންތަކެއް ހިންގަމުން އަންނަ ކްލަބެކެވެ. އޭގެ ފަހުން އެ ކްލަބުން ވަނީ ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ތަފާތު އެތަށް ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.