ކޯރަލް ޕާކް ގައި ރޯދަ ވީއްލަން ބޮޑު ތަރުހީބެއް

 coralpark

 

ކޯރަލް ޕާކް ރެސްޓޯރަންޓްގައި ކުރިއަށްގެންދާ ރޯދަ ވީއްލުން ތަކަށް މި ރޯދަމަހުވެސް ވަރަށްބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެތަނުން ބުނެފި އެވެ.

އޭދަފުށީ ބަނދަރުމަތީގައި ހުންނަ އެ ރެސްޓޯރެންޓުން ވާހަކަ ދެއްކި އަހްމަދު އަސްލަމް ބުނީ ކޮންމެ އަހަރަކުވެސް އެ ރެސްޓޯރަންޓްގައި ބާއްވާ ރޯދަ ވީއްލުންތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ.

ރޯދަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ހާއްސަ ރޯދަ ވީއްލުންތަކުގައި ތަފާތު މެނޫތަކެއް ތައްޔާރުކޮށް އަތްފޯރާ ފަށުގައި ލިބެން ހުންނާނެ ކަމަށް އެ ރެސްޓޯރެންޓުން ބުންޏެވެ.

10525946_737685522937457_1223964429545853327_n

“އަޅުގަނޑުމެންނާ ގުޅައިގެން މިހާރު ވެސް ބޭނުންވާ ދުވަހަކަށް ރޯދަ ވީއްލުން ހަމަޖެއްސޭނެ. އެކަމަކު ކޮންމެ ދުވަހެއްގެ ހަވީރު ހަތަރެއްގެ ކުރިން އޯޑަރު ނަގަން ޖެހޭނެ.”

ކޯރަލް ޕާކް ރެސްޓޯރަންޓުން މި އަހަރުގެ ރޯދަ ވީއްލުމަށްވެސް ތަފާތު ތިން ޕެކޭޖެއްވަނީ ތައާރަފުކޮށްފަ އެވެ. އެގޮތުން ކަރާ ޕެކޭޖް އަގަކީ ބޮލަކަށް 150 ރ އެވެ. ފަޅޯ ޕެކޭޖްގައި ބޮލަކަށް 110ރ ނަގާއިރު ކަދުރު ޕެކޭޖްގައި ނަގަނީ ބޮލަކަށް 75 ރ އެވެ.

ކޯރަލް ޕާކުގެ އިތުރުން އޭދަފުށީގެ އެހެން ރެސްޓޯރެންޓް/ކެފޭ ތަކުން ވެސް މިހާރު އަންނަނީ ރޯދަ އަށް ހާއްސަ މެނޫތައް ތައްޔާރުކޮށް ރޯދަ ވީއްލުންތައް ބާއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.