ރަމަޟާންމަހާ ދިމާކޮށް ޓްރެފިކް އޮޕަރޭޝަންތަކެއް ފަށައިފި

ފުލުހުން އިއްޔެ ހިންގި ޓްރެފިކް އޮޕަރޭޝަންގައި ސައިކަލެއް ޗެކުކުރަނީ-- ފޮޓޯ / ޕޮލިސް
ފުލުހުން އޭދަފުށީގައި ހިންގި ޓްރެފިކް އޮޕަރޭޝަންގައި ސައިކަލެއް ޗެކުކުރަނީ– ފައިލް ފޮޓޯ

 

މި ރަމަޟާން މަހާ ދިމާކޮށް ނޯތު ޕޮލިސް ޑިވިޝަންގައި މީހުން ދިރި އުޅެމުންދާ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ޚާއްސަ ޓްރެފިކް އޮޕަރޭޝަންތަކެއް ކުރިޔަށް ގެންދަން ފަށާފައިވާކަމަށް ޑިވިޜަން ކޮމާންޑަރު އިންސްޕެކްޓަރު އޮފް ޕޮލިސް ޢަބްދުﷲ ނަސީރު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ނަޞީރު ވިދާޅުވީ، މި އޮޕަރޭޝަންތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ އެއްގޮތަށް ހުރިހާ ރަށެއްގައިވެސް ވެހިކަލްތައް ދުއްވުމަށް ބާރުއެޅުމުގެ ގޮތުން ކުރިޔަށް ގެންދާ އޮޕަރޭޝަންތަކެއް ކަމަށެވެ.

“މި އޮޕަރޭޝަންތަކުގައި އެއްގަމު ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ އުޅަނދުތަކުގެ ރޯޑްވާދިނަސް އާއި އަހަރީފީ އަދި އިންޝުއަރެންސް ހަމަޔަށް ހުރިތޯބަލަމުންދާނެ، ރަމަޟާންމަހާ ދިމާކޮށް މިފަދަ އޮޕަރޭޝަނެއް މުޅި ޑިވިޜަންގައި ހިންގުމުގެ މަޤްސަދަކީ އެކްސިޑެންޓްތަކުގައި އެކިފަރާތްތަކަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއްވަމުންދާތީވެ، އެކަމަށް ހައްލެއް ހޯދައި އަދި މަގުމައްޗަކީ އެއްމެންނަށް އާމާންތަނަކަށް ހެދުން،” އަބްދުﷲ ނަސީރު ފުލުންގެ ވެބްސައިޓަށް ދީފައިވާ އިންޓަވައިއުއެއްގައި ވިދާޅުވެފައިވެ އެވެ.

ފުލުހުން ބުނީ، މި އޮޕަރޭޝަންތަކަށް ހުރިހާ ރަށެއްގެވެސް ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބެމުން އަންނަކަމަށެވެ.

ފުލުހުން ބުނިގޮތުގައި މި ފަދަ އޮޕަރޭޝަތަކެއް ހިންގުމުގެ ބޭނުމަކީ މިއަހަރުގެ އަހަރުގެ ބިޒްނަސް ޕްލޭންގެ ދަށުން މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ކުށް މަދުކުރުމާއި ރަމަތަނުވުމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ލަނޑުދަނޑި ހާސިލްކުރުމެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. unborn

    ޗެކު ކުރިޔަސް ގަވަިދާ ހިލާފުވާ ފަރާތް ތަކުގެ ތެރެއިން ފިޔަވަޅުއަޅާނީ އެ މީހުން ހިތައް އަރާ ބަޔަކައް މީ ވަރަށް ސާފުކޮށް އެނގެން އޮތް ހަގީގަތެއް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.