ފެން ޕްލާންޓުން ފެން ދޫކުރަން ފަށައިފި

އޭދަފުއްޓަށް ވާރޭ ވެހި މަގުތަކުގައި ފެން ގަނޑު ހެދިފައި. މިރަށަށް ރެއާ މިއަދު ވެހުނު ވާރޭ ފެނުގައި ނުސާފުވެގެން ބޭނުން ނުކުރަން ވަނީ އަންގާފައި – އީޓީ ފޮޓޯ: ނައުޝަލް
އޭދަފުށީ މަގަކުން ބަޔަކު ހިނގާފައިދަނީ. އިއްޔެއިން ފެށީގެން ފެން ޕްލާންޓުން ވަނީ ފެންދޫކުރަން ފަށާފައި – އީޓީ ފައިލް ފޮޓޯ

ވާރޭ ނުވެހޭތާ ގިނަ ދުވަސްތަކެއްވުމާ ގުޅިގެން އޭދަފުއްޓަށް ބޯ ފެނުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާތީ، އެކަން ހައްލުކުރުމުގެ ގޮތުން ޑީސެލިނޭޝަން ޕްލާންޓުން އުފައްދާ ފެން ހިލޭ ދޫކުރަން ފަށައިފި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ އެ އިދާރާއާއި ފެނަކައިގެ މުވައްޒަފުން ގުޅިގެން ފެންޕްލާންޓް މަރާމާތަށްފަހު އިއްޔެއިން ފެށިގެން ފެންދޫކުރަން ފަށާފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ ޕްލާންޓް ފެން ދޫކުރަމުންގެންދާނީ ހަމައެކަނި ރަށުގެ އާންމު ގޭގޭ ގެ ބޭނުންތަކަށް އެކަނި ކަމަށެވެ. އެގޮތުން ފެން ދޫކުރަމުންދާނީ ކޮންމެ ދުވަހަކުވެސް ހަވީރު 4:00 ން 5:30ށް ސަހަރާ އިސްކުރުބަރިން ކަމަށްވެސް ކައުންސިލުން ބުންޏެވެ.

ޕްލާންޓް ފެން ބޭނުން ކުރުމުގައި އާންމުން ވީހާވެސް އިސްރާފު ކުޑަގޮތަކަށް އަދި ބޭނުންނެތް ގޮތުގައި ފެން ނުގެންދިއުމަށް ކައުންސިލުންވަނީ އިލްތިމާސްކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ޕްލާންޓުން ގަޑިއަކު 800 ލިޓަރުގެ ފެން ތައްޔާރު ކުރެވެ އެވެ.

މިދިޔަ އަހަރުވެސް އޭދަފުއްޓަށް ބޯ ފެނުގެ ދަތިކަން ކުރިމަތިވެގެން ރަށު ކައުންސިލާ އިންޖީނުގޭގެ މުވައްޒަފުން ގުޅިގެން އާއްމުންނަށް ޕްލާންޓް ފެން ދޫކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.