ފުޓްސަލް ދަނޑު އެޅުމަށް ބިން ހަވާލުކޮށްފި

ސްޕޯޓްސް އެީނާގެ ދަށުން ފުޓްސަލް ދަނޑު އަޅާ ސަރަހައްދު. އީޓީ ފޮޓޯ / އިބްރާހިމް ޝިޔާމް
ސްޕޯޓްސް އެީނާގެ ދަށުން ފުޓްސަލް ދަނޑު އަޅާ ސަރަހައްދު. އޯގަސްޓެގެ ނިޔަލަށް ދަނޑުގެ ނިންމުމަށް މިހާރުވަނީ ބިން ވަހާލުކޮށްފައި. – އީޓީ ފޮޓޯ / އިބްރާހިމް ޝިޔާމް

 

ސްޕޯޓްސް އެރީނާތައް ހެދުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، އޭދަފުށީގެ ފުޓްސަލް ދަނޑު އެޅުމަށް ހަވާލުކޮށްފައިވާ ލޯން ސްޓާ ޓްރޭޑިން ކޮމްފެނީއާ ދަނޑު އަޅާނެ ބިން އޭދަފުށީ ކައުންސިލުން ހަވާލުކޮށްފި އެވެ.

ލޯން ސްޓާ ޓްރޭޑިން ކުންފުނީގެ އޮފިޝަލަކު މިއަދު އީޓީ އަށް ވިދާޅުވީ އޭދަފުށީގައި ފުޓްސަލް ދަނޑު އަޅާނެ ބިން ހަވާލު ކުރިކަމުގެ ލިޔުން ހޯމަ ދުވަހު އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ.  އަދި މި ހަފްތާތެރޭ ދަނުޑުގެ އަމަލީ މަސައްކަތް ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެ މަސައްކަތުގެ ތެރެއިން އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގެ ދެކުނުން ކުރީގެ އަންހެނުންގެ މިސްކިތް ހުރި ސަރަހައްދުގައި އަޅާ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ބިން ހަވާލުކުރާ ދުވަހުން ފެށިގެން 50 ދުވަހުގެ ތެރޭގައި ނިންމުމަށް އެގްރީމެންޓް ކޮށްފައިވެ އެވެ. އެހެންކަމުން އަންނަ މަހުގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމަންޖެހެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި އޭދަފުށީގައި އަޅާ ފުޓްސަލް ދަނޑުގެ ފެންވަރު ރަނގަޅު ވާނެ ކަމަށާއިި ދަނޑު ނިމޭއިރު އޮންނާނީ ދަނޑުގެ ޕިޗް ވަޑައިގެން ގާ އަތުރައި، ވަރަށް ފުރިހަމައަށް ތައްޔާރު ކުރެވިފަ އެވެ.

2000ން މަތީގެ ކޮންމެ އާބާދީއެއްގައި މިއަހަރުތެރޭގައި ސްޕޯޓްސް އެރީނާ ގާއިމްކުރުމަށް ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްގެ ދަށުން ބ. އަތޮޅުގައި ދެން ފުޓްސަލް ދަނޑު އަޅާނީ ތުޅާދޫގަ އެވެ. އެ ދަނޑުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.