ހިތާދޫ ކަރާ ދަނޑަކުން ގިނަ އަދަދެއްގެ ކަރާ ވަގަށް ކަނޑައިފި

img_3421

ބ. ހިތާދޫގައި މީހަކަ ހައްދަމުންދާ ކަރާ ދަނޑަކުން ގިނަ އަދަދެއްގެ ކަރާ ވަގަށް ކަނޑައިފި އެވެ.

ބ. ހިތާދޫ ދެކުނު ފަރާތުން އަލަށް ދީފައިވާ ގޯއްޗެއްގައި އެރަށު ލައިޓްހައުސް އަބްދުއްސައްތާރު ހައްދަމުންދާ މި ކަރާ ދަނޑުން ވަގަށް ކަރާ ކަނޑާފައިވަނީ ހޯމަދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކަމަށް އެ ފަރާތުން ބުނެ އެވެ.

އަބްދުއްސައްތާރު ބުނީ އެ ދަނޑުގައި 200 އެއްހާ ކަރާ އަޅާފައިވާ ކަމަށާއި މިފަހަރު ކަނޑަން ލިބުނީ 120 އަކަށް ކަރާކަމަވެ.

“ހޯމަދުވަހުގެ ރޭ ގިނަ އަދަދެއްގެ ކަރާ ވަގަށް ކަނޑާފައި އެދިމާ އަތިރިމައްޗަށް ތޮށިތައް ވަނީ އުކާފައި، އެ މައްސަލަ ހިތާދޫ ކައުންސިލު މެދުވެރިކޮށް މިހާރު ވާނީ ފުލުހުންނަށްވެސް ހުށައަޅާފައި،” އޭނާ ބުންޏެވެ.

މި ފަހަކަށް އައިސް ހިތާދޫގައި ދަނީ މިފަދަ ވައްކަންތައް އިތުރު ވަމުންނެވެ. މިއީ މިރަމަޟާން މަސް ފެށުނު ފަހުން ހިތާދޫގައި ހިނގި ވައްކަމުގެ ދެވަނަ މައްސަލަ އެވެ. މިދިޔަ ހުކުރުދުވަހު ވަނީ ހިތާދޫ ވައިއެފްއާރު ޓްރޭޑާސްގެ ގުދަނުން ގިނަ އަދަދެއްގެ ސޮފްޓު ޑްރިންކްް ކޭސްތަކަކާއި ކޭކު ފޮށިތަކެއްވެސް ވަގަށް ނަގައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. Abdul muhaimin

    ހިތާދޫގައި އުޅޭ ބައެއް މީހުންގެ މިފަދަ މުޑުދާރު ޢަމަލުތަކުން ރަށުގެ ރީތިނަން މިވަނީ ކިލަނބުވެފާ. ހިތާދޫ މީހުންނަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމް ތަކެއް ރާވާ ހިންގުން ކިހިނެއް ވާނެބާ؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.