ރަމަޟާން ކަޕް ބެޑްމިންޓަން މުބާރާތް ފަށައިފި

ބީޑީސީން މިދިޔަ މަހު ބޭއްވި ބެޑްމިންޓަން މުބާރާޓުގެ ކުޅެނީ. އަނެއްކާވެސް މިރަށޫގައި ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށްދަނީ ތައްޔާރުވަމުން-- ފައިލް ފޮޓޯ
ބީޑީސީން މިދިޔަ މަހު ބޭއްވި ބެޑްމިންޓަން މުބާރާތެއްގައި ކުޅެނީ. ރޭ ވަނީ ރަމަޟާން ކަޕްގެ ނަމުގައި މިރަށުގައި ބެޑްމިންޓަން މުބާރާތެއް ފަށައިފައި– ފައިލް ފޮޓޯ

 

“ރަމަޟާން ކަޕް” ގެ ނަމުގައި އޭދަފުށީގައި ބެޑްމިންޓަން މުބާރާތެއް ފަށައިފި އެވެ.

އޭދަފުށީ ޒުވާނުންގެ މަރުކަޒުގައި ރޭ ފެށި މި މުބާރާތަކީ އެ މަރުކަޒާއި އޭދަފުށީ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމެޓީ އާއި އަތޮޅު ކައުންސިލް އިދާރާ އަދި ޔޫތު މިނިސްޓްރީ ގުޅިގެން ބާއްވާ މުބާރާތެކެވެ.

އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ހަތް ޓީމު ވާދަ ކުރެއެވެ. އެއީ ފިރިހެން ހަތަރު ޓީމައި އަންހެން ތިން ޓީމެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ރޭ ދެ މެޗު ކުޅުނެވެ. ފިރިހެން ބައިގެ ފުރަތަމަ މެޗުގައި ހޮޓްޝޯޓް އާއި ވާދަކޮކށް 3-2 އިން މޮޅުވި ކްލަބް ކެޓީ އެވެ. އަންހެން ބައިގެ މެޗު ޓީމު ބްލެކާް އާއި ބައްދަލުކޮށް ސީދާ ތިން ސެޓުން ގެންދިޔައީ ޓީމު ކުއީން އެވެ.

މުބާރާތުގެ ދެ މެޗު މިރޭވެސް ކުޅޭނެއެވެ. ފިރިހެން ބައިގައި ޓީމް ސީ6 އާ ބައްދަލުކުރާނީ ސަޖީ އެންޑް ފްރެންޑްސް އެވެ. އަންހެން ބައިގެ މެޗުގައި ޓީމް ފްރެންޑްސް އާ ދެކޮޅަށް ކުޅޭނީ ޓީމު ބްލެކް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.