އުމްރާވުމަށް މައްކާއަށް ގޮސްހުރި ބ. އޭދަފުށީ މީހަކު ނަމާދަށް ހުއްޓާ ނިޔާވެއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހުގެރޭ އީޝާނަމާދު ކުރަން ހުއްޓައި ނިޔާވެފައި ވަނީ މިރަށު ފަޅޯމާގޭ އަބުދުއްރަހީމް ހަސަން އެވެ.
އަބުދުއްރަހީމް ނިޔާވި އިރު އަންބަކާއި 3 ކުދިން ދުނިޔޭގައި އެބަ ތިއްބެވެ. އޭނާ ނިޔާވިއިރު އޭނާގެ އަނބިމީހާ ވެސް ހުރީ އޭނާ އާއި އެކު އުމްރާ ވުމަށް ސައުދީ ގައެވެ.