ރަމަޟާން ކަޕް ބެޑްމިންޓަން މުބާރާތް ނިމިއްޖެ

ބެޑްމިންޓަން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން- އީޓީ ފޮޓޯ / ނަވާލް
ބެޑްމިންޓަން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން- އީޓީ ފޮޓޯ / ނަވާލް

 

އޭދަފުށީ ޒުވާނުންނާއި ކުޅިވަރު ކުރިއަރުވާ މަރުކަޒުން ބެޑްމިންޓަން އެސޯސިއޭޝަނާއި އޭދަފުށީ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ އަދި އަތޮޅު ކައުންސިލް ގުޅިގެން ބޭއްވި “ރަމަޟާން ކަޕް ބެޑްމިންޓަން މުބާރާތް” ރޭ ނިމިއްޖެ އެވެ.

މިމަހުގެ 11 ން 16 އަށް ބޭއްވި މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ކްލަބް ކެޓީ ހޯދިއިރު އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ޓީމް ފްރެންޑްސް އެވެ.

ބެޑްމިންޓަން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން- އީޓީ ފޮޓޯ / ނަވާލް
ބެޑްމިންޓަން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން- އީޓީ ފޮޓޯ / ނަވާލް

 

ރޭ ކުޅުނު ފައިނަލްގެ ފިރިހެން ޗެމްޕިއަންކަން ކްލަބް ކެޓީ ހޯދީ ޓީމް ސީ ސިކްސް އާއި ވާދަކޮށް 3-2 ން މެޗް ކާމިޔާބު ކޮށްގެންނެވެ. އަދި އަންހެން ޗެމްޕިއަންކަން ޓީމް ފްރެންޑްސް ހޯދީ ޓީމް ކުއީން އާއި ވާދަކޮށް ސީދާ ދެމެޗުން މޮޅުވެގެންނެވެ.

މި މުބާރާތުގެ ވަނަވަނައަށް އައި ޓީމްތަކަށް ޓްރޮފީއާއި މެޑަލް އަދި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާން ބ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު އާދިލް އަދި ދިރާގު އޭދަފުށީ އޮޕަރޭޝަން ސެންޓަރުގެ މެނޭޖަރު އަބްދުﷲ ޞާދިގް ގެ އިތުރުން އަތޮޅު ކައުންސިލްގެ ބައެއް މެމްބަރުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.