ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ބ. އަތޮޅު ކައުންސިލުން ކުރިއަށްގެންދާ ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމުގެ ތެރެއިން-- ފޮޓޯ / އަތޮޅު ކައުންސިލް
ބ. އަތޮޅު ކައުންސިލުން ކުރިއަށްގެންދާ ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމުގެ ތެރެއިން– ފޮޓޯ / އަތޮޅު ކައުންސިލް

 

ބ. އަތޮޅުގެ ރަށްރަށުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލް ވިދާޅުވި ގޮތުގައި އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމް އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފަ އެވެ. އެގޮތުން މިދިިޔަ ހުކުރު އަދި ހޮނިހިރު ދުވަހު ގޮއިދޫ، ފުޅަދޫ، ފެހެންދޫގެ އިތުރުން ހިތާދޫއާއި ތުޅާދޫގައިވެސް މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވާ ކަމަށް އާދިލް ވިދާޅުވި އެވެ.

dheenee

މި ޕްރޮގްރާމުގައި ދީނީ ނަސޭހަތް ދެއްވަނީ ޝެއިޚް އަބްދުލް މަޖީދު މުހައްމަދު (މަޖީދުބޭ) އެވެ.

“ހަފުތާ ބަނދުގައި މި ޕްރޮގްރާމް މި ހިންގަނީ، އެގޮތުން މިނިމުނު ހަފްތާ ބަންދުގައި ދެކުނުގެ ރަށްރަށުގައި މި ޕްރޮގްރާމު މިވަނީ ނިންމާލާފައި. ޕްލޭން ކުރެވިފައިވާގޮތުން އަންނަ ހަފްތާ ބަންދުގައި އަތޮޅުގެ އުތުރު ބިތުގެ ރަށްރަށާއި އަދި އޭދަފުށީގައި ދީނީ ނަސޭހަތްދިނުން ކުރިއަށް ގެންދެވޭނެ، އަޅުގަޑުމެން މި ބަލަނީ އަންނަ ހަފްތާ ބަންދު މާލެއިންވެސް ދީނީ ނަސޭހަތްދެއްވާ ބޭފުޅެއް ގެނަސް އަތޮޅު އެއްކޮށް ކަވަރު ކުރެވޭތޯ،” އާދިލް ވިދާޅުވި އެވެ.

ދީނީ ކަންތައްތަކަށް މީހުން ހޭލުންތެރި ކުރުވުމުގެ މަގުސަދުގައި ބާއްވާ ނަސޭހަތުގެ ޕްރޮގްރާމްތައް އަޑު އެހުމަށް ގިނަ ބަޔަކުމިސްކިތްތަކަށް ދާ ކަމަށް ވެ އެވެ.

ފާއިތުވި ރަމަޟާން މަހުގެ ތެރޭގައި ވެސް ދީނީ ނަސޭހަތްދެއްވުމުގެ ޕްރޮގްރާމެއް އަތޮޅު ކައުންސިލުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.