އޭދަފުށީގައި މިހާރު ކުރިއަށްދާ ބ. އެޓޯލް ފުޓްބޯލް ޗެލެންޖު ގްރޫޕް ބީ ގައި މާޅޮސް އަތުން 4- 0 އިން ފަސޭހަކަމާއެކު ކިހާދޫ މޮޅުވެއްޖެ އެވެ.
މެޗުގެ 22 ވަނަ މިނިޓުގައި ކިހާދޫ އަށް ލީޑު ހޯދައިދިނީ އަހުމަދު ފަޔާޒު އެވެ. އަދި މުހައްމަދު އަޔާޒު ވަނީ 36 ވަނަ މިނިޓުގައި ކިހާދޫގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އޭގެ ތިން މިނެޓްފަހުން އިޝާން އިބްރާހިމް (ސައްޓު) ވަނީ ކިހާދޫގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ
ދެވަނަ ހާފުގައި މާޅޮހަށް ރައްދެއް ނުދެވި އުޅެނިކޮށް، މެޗު ނިމެނިކޮށް ކިހާދޫ ޓީމުގެ ޝާފިއުވަނީ ހަތަރުވަނަ ލަނޑު ޓީމަށް ކާމިޔާބުކޮށްދީފަ އެވެ.
މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އިޝާން އިބްރާހީމެވެ.
މި މުބާރާތުގައި މާދަމާ ކުޅޭ ގްރޫޕް އޭ ގެ މެޗުގައި އޭދަފުއްޓާއި ދެކޮޅަށް ނުކުންނާނީ ގޮއިދޫ އެވެ.