ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ބ. އަތޮޅުގެ ރައީސްކަމަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް، އަތޮޅު ކައުންސިލުގެ މިހާރުގެ ނައިބް ރައީސް އަހްމަދު އަފްރާހު ރޭ ކަށަވަރުކުރައްވައިފި އެވެ.
ބ. އަތޮޅު ރައީސް ކަމުގެ ކަމުގެ ޕްރައިމަރީގައި އަފްރާހު އާ އެކު ޖުމްލަ ހަތަރު ބޭފުޅަކު ވާދަކުރެއްވިއެވެ.
މިހާތަނަށް އާންމުވެފައިވާ ޕްރައިމަރީގެ ނަތީޖާތަކުން ދައްކާ ގޮތުގައި 907ވޯޓާއެކު އެންމެ ކުރީގައި އުޅުއްވަނީ އަފްރާހުއެވެ. އޭނާއާއި އާއި އެންމެ ގާތުން ވާދަކުރެއްވީ 360 ވޯޓު ހޯއްދެވި ޔޫސުފް ގާސިމެވެ.
މަބްރޫކް ވަނީ މިހާރު ހިނގަމުންދާ ދައުރާއެކީ ބ. އަތޮޅު ކައުންސިލްގެ މެމްބަރު ކަމުގެ ދެ ދައުރު ފުރިހަމަކުރައްވާފައެވެ.
މަރުޙަބާ އަފްރާހު