ފެމިލީ ސެންޓަރުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފި

ފެމިލީ ސެންޓަރުން ހިންގި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން
ފެމިލީ ސެންޓަރުން ހިންގި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން

 

ބ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ފަރާތުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށާއި، ބ. ފުޅަދޫ ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

 ބ. އަތޮޅު ތައުލީމީ މަރުކަޒާއި ގުޅިގެން އެ ސްކޫލްގައި ކުރިއަށް ގެންދެވުނު ސެޝަންތައް ކުރިއަށް ގެންދެވުނީ މިދިޔަ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހުއެވެ. މި ޕްރޮގްރާމްތައް އަމާޒުކުރެވުނީ އެ ސްކޫލްގެ ގްރޭޑް 5، 6 އަދި 7 ގެ ދަރިވަރުންނަށެވެ. ދަރިވަރުންނަށް ކުރިއަށް ގެންދެވުނު ސެޝަންތަކުގައި ޖިންސީ ހާނިއްކައިން ކުދިން އަމިއްލައަށް ރައްކާތެރިވާނޭ ގޮތްތަކާއި، ދިރިއުޅުމުގެ ހަލާތްތަކަށް ޝުކުރުވެރިވުމާއި، ބުލީންގ (ހަނގާކުރުން) އާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވާކަމަށް އެ ސެންޓަރުން ބުނެއެވެ.

ބ. ފުޅަދޫ ސްކޫލާއި ގުޅިގެން މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދެވުނު ދެ ސެޝަންގައި އެ ސްކޫލްގެ ބެލެނިވެރިންނާއި، ކުދިންނަށް މަޢުލޫމާތު ފޯރުކޮށްދެވިފައިވެ އެވެ. ބ. ފުޅަދޫ ސްކޫލްގައި ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގައި ދިރިއުޅުމުގެ ހާލަތްތަކަށް ޝުކުރުވެރިވުމާއި، ބުލީންގ (ހަނގާކުރުން) އާއި ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތުދީފައިވެއެވެ. ބެލެނިވެރިންނަށް އަމާޒުކުރެވުނު ޕްރޮގްރާމްގައި ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިއްކައިގެ މަޢުލޫމާތު ދިނުމާއި ޖިންސީ އަނިޔާއިން ކުދިން ރައްކާތެރިކުރެވިދާނޭ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެވުނުކަމަށް ފެމިލީ ސެންޓަރުން ބުނެއެވެ.

އެ ސެންޓަރުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި އަތޮޅުގެ އެކި ރަށްރަށަށް އަމާޒުކުރެވިގެން މިފަދަ ގިނަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދެވޭނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.