ހަވީރު އެވޯޑްސް އަށް ސެންޓޭ އާއި ހަމްޕު ނޮމިނޭޓް ވެއްޖެ

ސެންޓޭ އާއި ހަމްޕޮް. ދިވެހި ލީގު ފުރަތަމަ ބުރުން  ހަވީރު އެވޯޑްސް އަށް ދެ ކުޅުންތެރިންވެސް ވަނީ ނޮމިނޭޓްވެފައި
ސެންޓޭ އާއި ހަމްޕޮް. ދިވެހި ލީގު ފުރަތަމަ ބުރުންހަވީރު އެވޯޑްސް އަށް ދެ ކުޅުންތެރިންވެސް ވަނީ ނޮމިނޭޓްވެފައި

 

މި އަހަރުގެ ދިރާގު ދިވެހި ލީގުގެ ފުރަތަމަ ބުރުން ވާދަކުރާ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި އަލީ ފާސިރު (ސެންޓޭ) އަދި ލީގުގެ ފުރަތަމަ ބުރުން 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ހަމްޒާ މުހައްމަދު (ހަމްޕު) ހިމެނިއްޖެ އެވެ.

ހަވީރުގެ ޓްރޮފީއާ 30،000ރ. ހުށަހަޅާފައިވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ސެންޓޭގެ އިތުރުން ވާދަކުރަނީ 2005 ވަނަ އަހަރު މި މަގާމް ހޯދި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި މާޒިޔާގެ އަސަދުﷲ އަބްދުﷲ އާއި މުހައްމަދު އިރުފާން އަދި އީގަލްސްގެ އިސްމާއިލް އީސާ އެވެ.

ޢަލީ ފާސިރު (ސެންޓޭ)-- ފޮޓޯ / މޯލްޑިވްސް ސޮކަ ޑޮޓްކޮމް
ޢަލީ ފާސިރު (ސެންޓޭ)– ފޮޓޯ / މޯލްޑިވްސް ސޮކަ ޑޮޓްކޮމް

ލީގުގެ ފުރަތަމަ ބުރުން 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ހަމްޕު އާއެކު ވާދަކުރަނީ ބީޖީ ސްޕޯޓްސްގެ އަހުމަދު ވިސާމް (ޖެރާޑް) އާއި މާޒިޔާގެ އިރްފާން އަދި މުހައްމަދު ސާއިފް އެވެ.

ލީގުގެ ފުރަތަމަ ބުރުގައި ކުޅޭ 7 މެޗުގެ ތެރެއިން އަލީ ފާސިރު ވަނީ 6 މެޗު ކުޅެ، 9 ގޯލު ޖަހައި، 5 ގޯލު ޖެހުމުގައި އެހީތެރިވެދީފަ އެވެ. އަދި ސެންޓޭ ވަނީ ބީޖީ ސްޕޯޓްސް ކޮޅަށް ހެޓްރިކެއް ވެސް ހަދާފަ އެވެ. ކުޅުނު ހަ މެޗުގެ ތެރެއިން ގޯލު ނުޖެހި ދިޔައީ ވިކްޓަރީ އާ ދެކޮޅަށް ކުޅުނު މެޗެވެ. އޭނާއަށް ފުރަތަމަ ބުރުގައި ހަމަ އެކަނި ނުކުޅެވުނީ އެންމެ ފަހު މެޗުގައި މާޒިޔާ އާ ދެކޮޅަށެވެ. ސަބަބަކީ ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން އޭނާ އެ މެޗަށް ސަސްޕެންޑު ވުމުންނެވެ. މި މެޗަކީ ފުރަތަމަ ބުރުގައި ނިއުރޭޑިއަންޓް ބަލިވި ހަމައެކަނި މެޗުވެސް މެ އެވެ.

ހަމްޒާ މުހައްމަދު (ހަމްޕު)
ހަމްޒާ މުހައްމަދު (ހަމްޕު)

 

ހަމްޒާ މުހަންމަދު ވަނީ ފުރަތަމަ ބުރުގެ ހުރިހާ މެޗެއްގައިވެސް ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއް ގޮތުގައި ނުކުމެ، މޮޅު ކުޅުމެއް ދައްކާފައެވެ. އަދި އަލީ ފާސިރަށް ގޯލު ނުޖެހުނު ހަމައެކަނި މެޗުގައި ވިކްޓަރީ ކޮޅަށް އޭނާ ވަނީ ރީތި ގޯލެއްވެސް ކާމިޔާބު ކޮށްދީފަ އެވެ.

 

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. b

    ފެރީ ނިޒާމްނުކުރެވޭ ސަބަބު ހޯދާލާފައި އެކަމާއި ބެހޭ މައުލޫމާތު ގެނެސްދެއްވުން ވަރަށް ބޭނުން..ޝުކުރިއްޔާ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.