17000 އަކަފޫޓްގެ ބޮޑު ބިމެއް އެސްޓީއޯއަށް ދޭން ނިންމައިފި

އެސްޓީއޯ އޭދަފުށީ ކޮމްޕްލެކްސް
.އެސްޓީއޯ އޭދަފުށީ ކޮމްޕްލެކްސް އެ ކުންފުންޏަށް އޭދަފުށިން 17،000 އަކަފުޓްގެ ބޮޑު ބިމެއްދޭން ކައުންސިލުން ވަނީ ނިންމާފައި

 

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ އެސްޓީއޯ އަށް ބ. އޭދަފުށިން 17000 އަކަފޫޓްގެ ބޮޑު ބިމެއް ދިނުމަށް އޭދަފުށީ ކައުންސިލުން ނިންމައިފި އެވެ.

އޭދަފުށީ ކައުންސިލުން މިގޮތަށް ނިންމީ އެސްޓީއޯއިން 10،000 ގެ ބިމެއް ހޯދުމަށް އެކުންފުނިން އެދިފައިވަނިކޮށް މިދިޔަ ބުދަދުވަހު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގަ އެވެ.

ކައުންސިލުން ނިންމާފައިވާގޮތުގައި 17000 އަކަފޫޓްގެ ތެރެއިން 10000 އަކަފޫޓްގެ ބިން ދޭނީ އޭދަފުށީ ދިގަލިގެއާދިމާ ބަނދަރުމަތިންނެވެ. އެ ސަރަހައްދުން ބިން ދޭން ނިންމާފައިވަނީ އެސްޓީއޯއިން ހިލަައާއި ހިލަވެއްޔާއި ސިމެންތި އަދި ގޭސްފަދަ ތަކެތި ވިއްކުމަށްޓަކައި ހަދަންޖެހޭ ގުދަންތައް ހެދުމަށެވެ.

އަދި ތެޔުގެ ވިޔަފާރި ކުރުމަށްޓަކައި ބަނދަރުމަތީ ރަސްމީ ސްޓޭޖް ސަރަހައްދުން އިތުރު 7000 އަކަފޫޓްގެ ބިމެއް ދޭންވެސް ރަށު ކައުންސިލުންވަނީ ނިންމާފަ އެވެ.

އޭދަފުށީގައި މިހާރު ހިލަ އާއި ހިލަވެލި، ސިމެންތި އަދި ގޭސްފަދަ ތަކެތި ވިއްކަނީ ރަށުގެ އަމިއްލަ ވިޔަފާރިވެރިންނެވެ.

3000 އަކަފޫޓުގެ ހަތަރުބުރީގެ އިމާރާތެއް އެސްޓީއޯއިން މިހާރުވެސް މިރަށުގައި ހިންގަމުން ގެންދާއިރު އެ ކުންފުނީގެ ހިދުމަތް އަތޮޅުގެ ރައްޔިތުންނަށް ލިބެމުންދާތާ ވިއްސަކަށް އަހަރުވަނީ ވެފައެވެ. ކާޑުގެ ބާވަތްތަކާއި ބައެއް އާއްމު މުދަލުގެ އިތުރުންވެސް ތަފާތު އެކި ސާމާނު ވިއްކަމުންދާ އެސްޓީއޯއިން އޭދަފުށީގައި ހިންގާ 132 ނަންބަރު ފިހާރައަކީ އަތޮޅުގެ ރައްޔިތުންގެ މެދުގައި މަގުބޫލު ފިހާރައެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. ali

    Rashuge moonumathin gudan dhinimakee kuriyah nuvisnaa kuraakameh , Koba Eydhafushi gaitibi lhaulheemee meehuney kiyaa meehun , adey Eydhafushi meehun khihaadhoo dhonfanah , rasu land use plan hadan daskuran

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.