ޕްރީސްކޫލް ކުދިންގެ ތަރުބިއްޔަތާއި ގުޅޭގޮތުން މައުލޫމާތު ދީފި

ޕްރީ ސްކޫލް ކުދިން ސްޕޯޓްސް މީޓް އިވެންޓެއްގައި -- ފައިލްފޮޓޯ
ޕްރީ ސްކޫލް ކުދިން ސްޕޯޓްސް މީޓް އިވެންޓެއްގައި — ފައިލްފޮޓޯ

 

ބަހިއްޔާ ޕްރީ ސްކޫލް ކުދިންގެ ބެލެނިވެރިންނާއި މުދައްރިސުންނަށް އަމާޒުކޮށްގެން ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގެ ފަރާތުން ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަނެއް ބާއްވައިފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ހަވީރު އޭދަފުށި މަލްޓި ޕާޕަސް ހޯލްގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި މައުލޫމާތު ދީފައިވަނީ ޕްރީ ސްކޫލް އުމުރު ފުރާގެ ކުދިންގެ ތަރުބިއްޔަތާއި ގުޅޭގޮތުންނެވެ.

މިގޮތުން މި ސެޝަންގައި ޕްރީ ސްކޫލް އުމުރު ފުރާގެ ކުދިންގެ އުޅުމުން ފެންނާނެ ކަންތައްތަކާއި، އެ ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ހެދި ބޮޑުވުމަށް އަސަރުކޮށްފާނެ ކަންކަމާއި، އެކުދިންގެ އުޅުން ހެޔޮގޮތުގައި ބައްޓަންކުރުމުގައި ސަމާލުކަންދޭންވީ މުހިއްމު ކަންކަމާއި ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވެ އެވެ.

އަދި މީގެ އިތުރުން ކުދިންގެ ފަރާތުން ފެންނަ ނޭދެވޭ ކަންކަން ރަގަޅު ކުރުމަށް ބެލެނިވެރިންނާއި މުދައްރިސުންނަށް ބޭނުންކުރެވިދާނެ ބައެއް އުކުޅު ތަކާއި ގުޅޭގޮތުންވެސް މި ސެޝަންގައި މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

ބަހިއްޔާ ޕްރީސްކޫލްގެ ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވި މި ސެޝަންގައި މައުލޫމާތުދެއްވީ ކުރިން ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގައި މަސައްކަތްކޮށްފައިވާ އަބްދުﷲ އަޝްރަފް އެވެ.

ފެމެލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުން އަންނަނީ އާންމުން ހޭލުންތެރިކުރުވުމަށްޓަކައި މިފަދަ ޕްރޮގްރާމްތައް އަތޮޅުގެ އެހެން ރަށްރަށުގައިވެސް ބާއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.