ބ. އަތޮޅުގެ ފެރީ ދަތުރުފަތުރުގެ ހިދުމަތް އަލުން ފަށައިފި

 ފެރީން އައި ބަޔަކު އޭދަފުއްޓަށް ފައިބަނީ. ފެރީގެ ޚިދުމަތް މިހާރުވަނީ މެދުކެނޑިފައި-- ފައިލް ފޮޓޯ
ފެރީން އައި ބަޔަކު އޭދަފުއްޓަށް ފައިބަނީ. ފެރީގެ ޚިދުމަތް ދުކެނޑިފައި އޮތުމަށްފަހު މިހާރުވަނީ އަލުން ފަށަފައި– ފައިލް ފޮޓޯ

 

ސަރުކާރުން ބ. އަތޮޅުގައި ދެމުން އަންނަ އަތޮޅު ފެރީ ދަތުރުފަތުރުގެ ހިދުމަތް މެދުކެނޑިފައި އޮތުމަށް ފަހު އަލުން ފަށައިފި އެވެ.

ބ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލް ވިދާޅުވީ ދަތުރުފަތުރުގެ ހިދުމަތް އަލުން ފެށި އިރު، ކުރިއެކޭ އެއްގޮތަށް އަތޮޅުގެ އުތުރާއި ދެކުނަށް ވެސް ހިދުމަތް ލިބޭނެ ކަމަށެވެ.

އާދިލް ވިދާޅުވީ ފެރީގެ ޚިދުމަތް އަލުން ފެށީ މިނިސްޓްރީއާ ފެރީގެ ހިދުމަތް ދެމުންގެންދިޔަ ފަރާތާމެދު އަލުން ހަދާފާއިވާ ވަގުތީ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

އަލުން ބިޑްކޮށްގެން ދާއިމީ އެއްބަސްވުމެއް ހެދެންދެން އަންނަ ނޮވެމްބަރުމަހުގެ ނިޔަލަށް މެދު ނުކެނޑި ހިދުމަތް ދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޯމިކް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

މި މަހުގެ މެދެއްހާ ހިސާބުން ފެށިގެން ހިދުމަތް ހުއްޓުނީ ފެރީގެ ޚިދުމަތް ދިނުމަށް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާގުޅިގެން، ފެރީގެ ޚިދުމަތްދެމުންގެންދިޔަ ފަރާތުން ދަތުރުތައް ހުއްޓާލުމާ ގުޅިގެންނެވެ.

ފެރީގެ ހިދުމަތް މެދުކަނޑާލަން ޖެހުމުން، ފެރީގެ ޚިދުމަތްދޭ ފަރާތުންވަނީ އަމިއްލަ ގޮތުން ހަފްތާގެ ބައެއް ދުވަސްތަކުގައި އަތޮޅުގެ އުތުރު ބިތުގެ ބައެއް ރަށަރަށަށް ދަތުރުތައް ބާއްވައިފަ އެވެ.

ފެރީ ދަތުރުގެ ހިދުމަތް ހުއްޓުމާ ގުޅިގެން އާންމު ރައްޔިތުންނަށް ބޮޑެތި ތަކުލީފްތަކެއް ވެސް އުފުލަން ޖެހި، އެކަމުގެ ޝަކުވާތައް ބޮޑުވެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.