ހިތާދުއަށް 150 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެނެސްފި

ހިތާދޫއަށް ގެނަިއ ޖަނަރޭޓަރު ބޭލުމުގެ މަސައްކަތް ކުރަނީ
ހިތާދޫއަށް ގެނަިއ ޖަނަރޭޓަރު ބޭލުމުގެ މަސައްކަތް ކުރަނީ

 

ބ. ހިތާދޫ އިންޖީނުގޭގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން 150 ކިލޯވޮޓު ޖަނަރޭޓަރެއް ބ. އަތޮޅު ކައުންސިލުން އެރަށާ ހަވާލުކޮށްފި އެވެ.

ބ. ހިތާދޫ ކައުންސިލުން ބުނީ ޔުނި އިންޖިނިއަރިންއާ ހަވާލުކޮށްގެން ގެނައި މިޖަނަރޭޓަރު މިދިޔަ ހަފްތާތެރޭގައި އެރަށަށް ގެންގޮސް އިންޖީނުގެއާ ހަވާލުކޮށްފައިވާ ކަމަށެވެ. ބ. އަތޮޅު ކައުންސިލުން ކުރިން ބުނެފައިވަނީ މިއީ ހިތާދޫ ރައްޔިތުންގެ އިންޖީނުގެ ތަރައްޤީކުރުމަށް 2008ވަނަ އަހަރު ސަރުކާރުން ދެއްވި 5 ލައްކަ ރުފިޔާ ހަރަދުކޮށްގެން ގެނައި އިންޖީނެއްކަމަށެވެ.

2000 ވަނައަހަރު ރައްޔިތުންގެ ނަމުގައި ހިންގަންފެށި ހިތާދޫ އިންޖީނުގެ 2009ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނަށް ބަދަލުވިނަމަވެސް އެރަށުގެ ކަރަންޓްގެ ހާލަތު މިވަގުތު އޮތީ ވަރަށް ދަށުގައިކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

އެއިދާރާއިން ބުނީ މިހާރު ބޭނުންކުރާ 100 ކިލޯވޮޓްގެ 2 ޖަނަރޭޓަރަށް ބޮޑެތި މައްސަލަތައް ދިމާވެ، ރަށުން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވަމުން އަންނަކަމަށެވެ.

ފެނަކަ ބ. ރީޖަނަލް އޮފީހުން ބުނީ ހިތާދުއަށް ގެނެވުނު ޖަނަރޭޓަރު ވަރަށް އަވަހަށް އިންސްޓޯލްކޮށް ހިދްމަތްދޭން ފަށާނެކަމަށެވެ.

ބ. އަތޮޅުގައި ފެނަކައިން ހިންގާ އިންޖީނުގެ ތަކުގެތެރެއިން ކުޑަރިކިލު، ކަމަދޫ، އަދި ފުޅަދުއާ ފެހެންދޫގައި މިއަހަރު އެ ކުންފުނިން އާ އިންޖީނުތަކެއް ބެހެއްޓިއިރު، އޭދަފުއްޓަށް ރަށުކައުންސިލުން މިދިޔަ ޖުލައިމަހުވަނީ 400 ކިލޯވޮޓްގެ ސެކަންޑްހޭންޑް ޖަނަރޭޓަރެއް ހަދިޔާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.