ބ އެޓޯލް ފުޓްބޯލް ޗެލެންޖުގައި މިއަހަރުވެސް އަށް ޓީމު

މިދިޔަ އަހަރުގެ ޗެމްޕިއަން އޭދަފުށި.
މިދިޔަ އަހަރުގެ ޗެމްޕިއަން އޭދަފުށި.

އޭދަފުށީ ޔޫ ސްޕޯޓްސް އިން އިންތިޒާމުކޮށްގެން ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖު ގައި މިއަހަރުވެސް 8 ރަށަކުން ބައިވެރިވެއްޖެ އެވެ.

މިއަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ހަމަވިއިރު މުބާރާތުގައި ބައިވެރިވެފައިވަނީ މިދިޔަ އަހަރުވެސް މުބާރާތުގައި ބައިވެރިވި ރަށްރަށުންނެވެ. އެއީ ގޮއިދޫ، ދަރަވަންދޫ، ކެންދޫ، ފެހެންދޫ، ކުޑަރިކިލު، ކިހާދޫ، އަދި ދޮންފަނުގެ އިތުރުން މިދިޔަ އަހަރުގެ ޗެމްޕިއަން އޭދަފުއްޓެވެ.

ބ. އަތޮޅުގެ ކުޅުންތެރިންނަށް ފަސްޓް ޑިވިޝަންގެ ފުރުސަތުތަކެއް ހޯދައިދިނުން މަގުސަދުގައި، ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބޭ) އިސްނަގައިގެން ބާއްވާ މި މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކަށް ވެސް ރަށުން ބޭރު ތިން ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮވެ އެވެ. އަދި ފަސްޓް ޑިވިޝަން 5 ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް އެއްވަގުތެއްގައި ކުޅެވޭނީ އޭގެ ތެރެއިން ތިން ކުޅުންތެރިންނަށެވެ. ފާއިތުވި އަހަރުގައި ވެސް މި މުބާރާތުގައި ގައުމީ ޓީމުގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކުޅުނެވެ.

މުބާރާތުގައި އޭދަފުށި ތަމްސީލްކުރާ ޓީމު މިފަހަރުވެސް އެކުލަވާލާނީ ރަށު ކައުންސިލުންނެވެ.

މުބާރާތް އިންތިޒާމު ކޮމެޓީން ބުނީ މުބާރާތަށް ސްޕޮންސަރުން ހޯދުމާއި އެހެނިހެން މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށާއި ސްޕޮންސާ ކުރަން ބޭނުންވާ ފަރާތްތަކުން 7772861 ނުވަތަ 7992334 ނަންބަރު ފޯނާ ގުޅުމަށެވެ. މިއަހަރުވެސް މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބޮޑު ޗުއްޓީ ބަންދާ ދިމާކޮށެވެ. އެގޮތުން މި މުބާރާތް ފަށާނީ ނޮވެމްބަރު 28ގަ އެވެ.

2012 ވަނަ އަހަރު ފެށި ބ. އެޓޯލް ފުޓްބޯލް ޗެލެންޖުން ހުނަރުވެރި ޒުވާން ގިނަ ކުޅުންތެރިން އަންނަނީ ފާހަގަކުރެވެމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Kihaadhoo ބަތްޕޮޅި

    ކިހާދޫ ޓީމް ރޯދަމަސް ނިމުމާއެކު ޕްރެކްޓިސް ފަށައިފި..
    މުބާރާތުގައި މިއަހަރު އެންމެ ކުރިން ބައިވެރިވީވެސް ކިހާދޫ ޓީމް..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.