ކަރުންމަތީގެ ހާއްސަ ޑޮކްޓަރެއް އޭދަފުށީ މެޑިކަލް ސެންޓަރަށް

 

ކަރުންމަތީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ބ. އޭދަފުށީ މެޑިކަލް ސެންޓަރުގައި ބަލިމީހުން ބަލަން ހަމަޖެހިފައިވާ ކަމަށް އެ ކްލިނިކުން ބުނެފި އެވެ.

އޭދަފުށީގައި އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ އޭދަފުށީ މެޑިކަލް ކްލިނިކްގެ ހެޑް މުހައްމަދު ރަޝީދު ވިދާޅުވީީ އިންޑިއާގެ ޕީއާރުއެސް ހޮސްޕިޓަލުގެ ޑރ. ސަހީރު އަބްދުﷲ މިމަހު 6 އަދި 7 ގައި އެ ކުލިނިކުގައި ބަލިމީހުން ބައްލަވާނެ ކަމަށެވެ.

“މިއީ އަތޮޅުގެ ރައްޔިތުން ވީހާވެސް ކުޑަ ހަރަދަކުން ސްޕެސަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނެ ހިދުމަތް ފެށުމުގެ ގޮތުން މި ކުލިނިކުން ބާއްވާ ފުރަތަމަ ކޭމްޕް. ކުރިއަށް އޮތް ދުވަސްތަކުގައުވެސް ތަފާތު ބަލިތަކަށް ޚާއްސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސްޕެސަލިސްޓުންގެ ޚިދުމަތް މި ކުލިނުކުން ލިބިގެންދާނެ” މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ޑރ. ސަހީރު އަބްދުﷲ ދެއްވާ ފަރުވާތަކުގެ ތެރޭގައި ކަންފަތުން އެއްޗެހި އައުން، ނިދީގައި ގުގުރި ދެމުން، ބޮލުގައި ރިއްސުން (މައިގުރޭން)، ސައިސައިޓިސް ގެ އިތުރުން އަޑުއިވުމާއި ވާހަކަދެއްކުމުގެ މައްސަލަތައް ހިމެނެ އެވެ. އިތުރު މައުލާމާތައި އެ ޕޮއިންޓްމެންޓު ހެދުމަށް ގުޅާނީ 9631111 އަށެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުގެ ޚިދުމަތް ލިބެމުންދާނީ މިރަށު “ސައްކެޔޮ” ގޭގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.