ސިންގަޕޫރު ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

ދިރާގުން ފެށި ޕްރޮމޯޝަންގެ މައުލޫމާތު ދެއްވަނީ.--ފޮޓޯ: ދިރާގު
ދިރާގުން ފެށި ޕްރޮމޯޝަންގެ މައުލޫމާތު ދެއްވަނީ.–ފޮޓޯ: ދިރާގު

 

 ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް ސިންގަޕޫރުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

ދިރާގުގެ ހެޑް އޮފީހުގައި ޕްރޮމޯޝަންގެ މައުލޫމާތު ދެއްވަމުން މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް އިމްޖާދު ޖަލީލު ވިދާޅުވީ ދިރާގު ޕޯސްޓްޕެއިޑް ޕެކޭޖެއް ނަގާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ޕޯސްޓްޕެއިޑް ޕެކޭޖު ނެގުމާ އެކު އެ ނަންބަރެއް ލަކީޑްރޯގައި ހިމެނިގެންދާނެ ކަމަށެވެ.

ޕްރޮމޯޝަންގެ ތެރޭގައި ޕޯސްޓްޕެއިޑް ޕެކޭޖެއް ނަގާ ކޮންމެ ކަސްޓަމަރެއްގެ ފުރަތަމަ މަހުގެ މަހުފީ އިން 50 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް އާއިލާގެ ހަތަރު ބޭފުޅުން ނުވަތަ ރައްޓެހިންގެ ވެސް ހަތަރު ބޭފުޅަކު ގޮވައިގެން ސިންގަޕޫރުގައި ޗުއްޓީ ހޭދަކޮށްލަން ފުރުސަތު ލިބޭ އިރު އޭގެ ތެރޭގައި ދެކޮޅު ޓިކެޓާއި ހުރުމުގެ ހަރަދާއި ސިންގަޕޫރުގެ ހާއްސަ ތަންތަން ބަލާލުމުގެ ދަތުރަކާއި ދަތުރު އެލަވަންސެއް ވެސް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ނައިޓް ސަފާރީ އާއި ގާޑަން ބައިދަބޭ އަށް ޒިޔާރަތްކޮއްލުމުގެ އިތުރުން ޔުނިވާސަލް ސްޓޫޑިއޯ އަށް ޒިޔާރަތްކޮއްލުމުގެ ފުރުސަތުވެސް ލިބޭކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގައި ނަސީބުވެރިޔާ ހޮވުން ނޮވެމްބަރު މަހު ބޭއްވުމަށްފަހު، ސިންގަޕޫރަށް ދިއުމަށް ހަމަޖެހިފައިވަނީ ބޮޑު ބަންދާ ދިމާކޮށް ޑިސެމްބަރު މަހު ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.