ޑޮކްޓަރުން ނެތުމުން އޮޕަރޭޝަންތައް މެދުކަނޑާލައިފި

ބ. އަތޮޅުހޮސްޕިޓަލް
ބ. އަތޮޅުހޮސްޕިޓަލް. ޑޮކްޓަރުން ނެތިގެން އޮޕަރޭޝަންތައް ވަނީ މެދުކެނޑިފައި

 

އަންހެނުންގެ ޑޮކްޓަރާއި ހޭނައްތާ ޑޮކްޓަރު ނެތިގެން ބ. އަތޮޅު ހޮސްޕިޓަލުގައި ކުރާ އޮޕަރޭޝަންތައް މެދުކަނޑާލައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލު ހިންގުމާ މިވަގުތު ހަވާލުވެހުންނެވި ސީނިއާ ހެލްތު އޮފިސަރު ސިދުގީ އަބްދުﷲ ވިދާޅުވީ އެ ހޮސްޕިޓަލުގެ އަންހެނުންގެ ޑޮކްޓަރު އަހަރީ ޗުއްޓީ އަށް މިދިޔަ ހަފްތާ ފުރުމުން އެ ހޮސްޕިޓަލުގައި ވިއްސާނެ ޑޮކްޓަރަކު ނެތް ކަމަށެވެ. އަދި ހޭނައްތާ ޑޮކްޓަރު ކޮންޓްރެކްޓް ހަމަވުމާ ގުޅިގެން ފުރާފައިވާތީ މިވަގުތަށް އޮޕަރޭޝަންތައް މެދުކެނޑިފައިވާ ކަމަށްވެސް ސިދުގީ ވިދާޅުވި އެވެ.

 ޑޮކްޓަރު ނެތުމުން ދިމާވާ ދަތިތަކަށް އާންމުން ދުރާލާ ސަމާލުކަން ދެއްވުމަށް އެ ހޮސްޕިޓަލުން މިދިޔަ މަހު ވަނީ މިއަތޮޅުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފަ އެވެ. އެހެންވެ ޑޮކްޓަރުން ނެތިގެން އޮޕަރޭޝަންތައް މެދުކެނޑިފައިވީ ނަމަވެސް މިއަދާ ހަމައަށް އޮޕަރޭޝަން ކުރަންޖެހޭ ފަދަ މީހަކު އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާފައިނުވާތީީ އާއްމުންގެ ފަރާތުން ލިބޭ ޝަކުވާތައް މަދުކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ސިދުގީ ވިދާޅުވީ އަންހެނުންގެ ޑޮކްޓަރު ޗުއްޓީއަށްފަހު އެނބުރި އަންނަންދެން އެހެން ޑޮކްޓަރަކު ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި ހޭނައްތާ ޑޮކްޓަރުގެ ބަދަލުގައި އެހެން ޑޮކްޓަރަކު ލިބޭތޯ މިނިސްޓީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަންހެނުންގެ ޑޮކްޓަރު އަދި ހޭނައްތާ ޑޮކްޓަރުން ދިގު ޗުއްޓީތަކަށް ދާ މިފަދަ ދަނޑިވަޅުތަކުގައި ދިމާވާ ދަތިތަކަށް ބައެއް އަތޮޅުތަކުގައި މީގެކުރިން އާންމުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބ. އަތޮޅުގެ އާންމުން މިފަދަ ދަނޑިވަޅުތަކުގައި އަންހެނުން ވިހެމުގެ ކަންކަމުގައި ގިނަފަހަރަށް ދަނީ މާލެ ނުވަތަ ރ އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށެވެ.

.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. baa

    ތިތަނެކޭ ރަށުގައި ހުންނަ ހެލްތު ޕޯސްޓެކޭ އެއްގޮތް..ހަމައެކަނި ޕެނަޑޯލް ދެނީ…ކަމަކަށްވާ ކަހަލަ ކަމެއް ޖެހިއްޖެއްޔާ ދާން ޖެހެނީ މާލެ..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.