މަސްތުވާތަކެތީގެ މައްސަލައެއްގައި އޭދަފުށިން ތިން މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ މަސްތުވާތަކެތި -- ޕޮލިސް ފައިލް ފޮޓޯ
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ މަސްތުވާތަކެތި — ޕޮލިސް ފައިލް ފޮޓޯ

 

 

މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. އޭދަފުށިން ތިން މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން މިއަދު ހެނދުނު އޭދަފުށީގައި ހިންގި އޮޕަރޭޝަނެއްގައި މި މައްސަލާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 20 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނަކާއި އަދި 30 އަހަރުގެ ފިރިހެނެއް ކަމަށެވެ. ނަމަވެސް އެމީހުންގެ ނަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އޭދަފުށީ ތިން މީހެކެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި ބ. އޭދަފުށީގެ ދެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅުތަކަކާއި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ.

“މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅުތަކާއި ފިލްމް ހުސްކުރި ދަޅުގެ ތެރެއިން 2 ސެލޯފިންކޮޅު ފެނިފައިވަނީ މިއަދު ހެނދުނު 06:30 ހާއިރު ބަލައިފާސްކުރި ގެއެއްގެ ތެރެއިންނެވެ. އަދި 15 ސެލޯފިންކޮޅާއި ފިލްމް ހުސްކުރި ދަޅު ފެނިފައިވަނީ މިއަދު ހެނދުނު 07:45 ގައި ބަލައިފާސްކުރި ގެއެއްގެ ތެރެއިންނެވެ.” ފުލުހުންގެ ވެބްސައިގައި ވެ އެވެ.

ފުލުހުން ބުނިގޮތުގައި އޭދަފުށި ޕޮލިސް ސްޓޭޝަނުން ހިންގި މި އޮޕަރޭޝަނަކީ ފުލުހުންގެ މިއަހަރުގެ ބިޒްނަސް ޕްލޭންގައިވާ ލަނޑުދަނޑިތަކުގެ ތެރެއިން ކުށްކުރުމާ ދެކޮޅަށް މަސައްކަތްކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ޓެރަަރިޒަމާއި އިންސާނުން ޓްރެފިކް ކުރުން ފަދަ ޤައުމީ ސަލާމަތަށް ހުރި ނުރައްކާތަކާ ދެކޮޅަށް ހަރަކާތްތެރިވުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި ކާމިޔާބު އޮޕަރޭޝަނެކެވެ.

އޭދަފުށީ ޕޮލިސް ސްޓޭޝަނުން މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. The Ventiez

    ރަށުގައި ނެތީތަ އެމީހުން ހައްޔަރުކުރިއިރު ފެނުނު ބައެއް؟ ފެނުނު ބައެއް އީޓީ އަށް ހައްޔަރުކުރެވުނު މީހުންގެ ނަން ހިއްސާކޮށްލިނަމަ….

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.