އަންނަ ބޮޑު އީދު ބަންދާ ދިމާކޮށް ބ. އޭދަފުއްޓަށް ހާއްސަ ސްޕީޑް ލޯންޗް ދަތުރެއް ބާއްވާ ގޮތަށް އަމިއްލަ ފަރާތަކުން ހަމަޖައްސައިފި އެވެ.
ދަތުރުތައް އިންތިޒާމުކުރާ ފަރާތުން ބުނީ މި ދަތުރުތަކަކީ އީދު ބަންދާ ދިމާކޮށް މާލެއާއިން އޭދަފުއްޓަށް އަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ދަތުރެއް ކަމަށެވެ.
މި ދަތުރުތަކުގައި މާލޭން ފުރުމަށް ހަމަޖައްސާފައިވަނީ އޮކްޓޯބަރު މަހުގެ، 2 ވަނަ ދުވަހު މެންދުރުފަހު 3:00 ގަ އެވެ. އަދި އެނބުރި މާލެ ދިއުމަށް ހަމަޖައްސާފައިވަނީ އީދު ޗުއްޓީގެ ބަންދު ދުވަސްތައް ނިމުމާއެކު އޮކްޓޯބަރު 7 ވަނަ ދުވަހު މެންދުރު ފަހު އެވެ.
މި ދަތުރު ތަކުގައި ޓިކެޓް ވިއްކުމަށް ހަމަޖައްސާފައިވަނީ ކޮޅަކަށް -/550ރ އަށެވެ. ދަތުރުތަކުގެ ޓިކެޓް މިހާރުދަނީ ވިއްކަމުންނެވެ. ޓިކެޓް ހޯދުމަށް ގުޅާނެ ނަންބަރަކީ 7988025 އެވެ.
އޭދަފުއްޓަކީ އެންމެ ގިނަ މީހުން މި ކަހަލަ ޗުއްޓީތަކުގައި ދަތުރުކުރާ އެއް ރަށެވެ. މިއަހަރު ބޮޑު އީދު ކުލަގަދަކޮށް މިރަށުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާތީ ގިނަ ބަޔަކު މިފަހަރުގެ އީދު ޗުއްޓީއަށް އަންނާނެ ކަމަށް ބެލެވެ އެވެ.