ހިތާދޫ ފިހާރައެއް ފަޅާލައިފި

ބ. ހިތާދު މަލްޓި އައިޓަމް ފިހާރަ ރޭ ދަންވަރު ވަނީ ފަޅާލާފައި ފޮޓޯ- ހިތާދޫ އޮންލައިން
ބ. ހިތާދު މަލްޓި އައިޓަމް ފިހާރަ ރޭ ދަންވަރު ވަނީ ފަޅާލާފައި ފޮޓޯ- ހިތާދޫ އޮންލައިން

 

ރޭގެ ދަންވަރުގެ ވަގުތެއްގައި ބ. ހިތާދޫ ފިހާރައެއްގެ ދޮރުފަޅާލައި ފިހާރައަށް ގެއްލުން ދީފި އެވެ.

ހިތާދޫ މަލްޓިއައިޓް ފިހާރައަށް ރޭ ދަންވަރު ބަޔަކު ގެއްލުން ދީފައިވާ ކަން އެގުނީ މިއަދު ފަތިހު 05:15 ހާއިރު ފިހާރަ ހުޅުވަން އައުމުން ކަމަށް ފިހާރައިގެ ވެރިފަރާތުން ބުންޏެވެ.

“ބޮޑު ދޮރުގެ ތިރީ ބިއްލޫރި ގަނޑުގައި ސިމެންތި ގަލަކުން ޖަހައި ވަނީ އެއްކޮށް ތަޅާލާފައި. މިކަން ކުރި ފަރާތެއް ނޭނގޭ. ލިބުނު ގެއްލުންވެސް އަދި ބުނަން ނޭނގޭ “

ހިތާދޫ ކައުންސިލުން ވަނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

މި ފަހަކަށް އައިސް ހިތާދޫގައި މިފަދަ ވައްކަންތަކާއި މީހުންނަށް ޖެއްސުންކޮށް ގެއްލުން ދިނުން އަންނަނީ އިތުރުވަމުންނެވެ. މިމަހުގެ އެއްވަނަ ދުވަހު ހިތާދޫ ފިނިފެންމާގޭގެ ތެރެއަށް ފުޅި ގޮއްވައި އެ ގޭގައި ހުރި ބައިސްކަލެއްވެސް ވަނީ ވަގަށް ނަގާފައެވެ. އަދި މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ހިތާދޫ ވައިއެފް އާރު ޓްރޭޑާސްގެ ގުދަން ފަޅާލައި ގިނަ އަދަދެއްގެ ސޮފްޓް ޑްރިންކްސް ވެސް ވަނީ ވަގަށް ނަގާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.