އަތޮޅު މުބާރާތުގައި ބައިވެރި ނުވަނީ ބ. އަތޮޅު އެކަނި

ބ.އަތޮޅު އޭދަފުށީގައި ކުރިޔަށްދިޔަ މުބާރާތެއްގެ ޗެމްޕިއަން ޓީމު ތަށި އުފުލާލަނީ. މި އަހަރުގެ އަތޮޅު މުބާރާތުގައި ބ.އަތޮޅު ބައިވެރިއެއް ނުވޭ.
ބ.އަތޮޅު އޭދަފުށީގައި ކުރިޔަށްދިޔަ މުބާރާތެއްގެ ޗެމްޕިއަން ޓީމު ތަށި އުފުލާލަނީ. މި އަހަރުގެ އަތޮޅު މުބާރާތުގައި ބ.އަތޮޅު ބައިވެރިއެއް ނުވޭ.

 

އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އިން މި މަހުގެ ފަހުކޮޅު ބޭއްވުމަށް ނިންމާފައިވާ އަތޮޅު ފުޓްބޯޅަ މުބާރާތުގައި ގައުމީ ފެންވަރުގައި ގިނަ ފުޓްބޯޅަ ކުޅުންތެރިން ނިސްބަތްވާ ބ. އަތޮޅު ނޫން އެހެން ހުރިހާ އަތޮޅަކުން ބައިވެރިވެފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އަތޮޅު ފުޓްބޯޅަ މުބާރާތް ކުރިޔަށްގެންދިޔުމުގައި އިސްކޮށް އުޅުއްވާ އެފްއޭއެމްގެ ޑިރެކްޓަރ އޮފް އެޓޯލް އަޙްމަދު މުޖްތަބާ (ފެސްކޯ) ވިދާޅުވީ ބ.އަތޮޅުން މުބާރާތުގައި ބައިވެރިނުވީ މި ދުވަސްކޮޅު ފުޓްބޯޅަ މުބާރާތްތަކެއް އެ އަތޮޅުގެ އެކި ރަށްރަށުގައި ކުރިޔަށްގެންދާތީ ކަމަށާއި އަންނަ އަހަރުގެ މުބާރާތުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން އަތޮޅު ކައުންސިލުން ދީފައިވާ ކަމަށެވެ.

މިދުވަސްކޮޅު މިއަތޮޅުގެ ރަށްށަށުގައި ފުޓްބޯޅަ މުބާރާތްތަކެއް އޮންނަކަން އަދި އެނގިފަ އެއް ނުވެއެވެ. ނަމަވެސް އީދު ބަންދުގަ އާއި އަންނަ ނޮވެމްބަރުމަހު މަހު ފަހުކޮޅު މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ ބ. އަޓޯލް ފުޓްބޯޅަ ޗެލެންޖަށް އަތޮޅުގެ ބައެއް ރަށްރަށުންދަނީ ތައްޔާރުވަމުންނެވެ.

އެފްއޭއެމް އިން ބުނިގޮތުގައި 19 އަތޮޅުން 117 ޓީމު މި އަހަރުގެ އަތޮޅު މުބާރާތުގައި ވާދަކުރާއިރު 4680 ކުޅުންތެރިންނާއި އޮފިޝަލުން މުބާރާތުގައި ހަރަކާތްތެރިވާނެ އެވެ. އަދި މިއީ ފުޓްބޯޅައިގެ އެންމެ ބޮޑު ހަރަކާތައް ވެގެންދާނެ ކަމަށް އެފްއޭއެމުން ބުނެ އެވެ.

އަތޮޅު ފުޓްބޯޅަ މުބާރާތް މިމަހުގެ 27 ވަނަ ދުވަހު ރަސްމީކޮށް ހދ. ކުޅުދުއްފުށީގައި ފެށުމަށް ނިންމާފައިވާއިރު ދާދި އެކުއެކީ ފުވައްމުލަކު އަދި ހއ. އަތޮޅުގައި ވެސް ފެށިގެންދާނެ ކަމަށް އެފްއޭއެމުން ބުނެ އެވެ.

އަތޮޅު މުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ 2010 ވަނަ އަހަރު އެވެ. އަތޮޅު ތެރޭގެ ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގައި ކުޅެވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތައް ހެދުމަށް އެފްއޭއެމުން މަސައްކަތް ކުރަމުންދާއިރު މުބާރާތް ކުރިޔަށްގެންދާނީ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ގުޅިގެން ކަމަށް އެފްއޭއެމުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.