ބ. އޭދަފުށީގައި އިންޓަނޭޝަނަލް ޓާފް ފުޓްބޯޅަ ދަނޑަކާ، ފުޓްބޯޅަ ޓްރޭނިންގ ސެންޓަރެއް ގާއިމްކުރުމަށް އަމިއްލަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް އޭދަފުށި ކައުންސިލުން ހާމަކޮށްފި އެވެ.
އެ އިދާރާއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މިއަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި މިކަން ހާމަކުރިނަމަވެސް މި ވަސީލަތްތައް ގާއިމްކޮށްދޭން ނިންމާފައިވަނީ ކޮންފަރާތަކުންކަމެއް ކައުންސިލުން ހާމައެއް ނުކުރެއެވެ. ނަމަވެސް މިކަމަށް ޝައުގުވެރިވަނީ އޭދަފުއްޓާ ވަރަށްބޮޑު ގުޅުމެއް ހުރި ފަރާތަކުން ކަމަށް ކައުންސިލުން ޔަގީންކޮށްދެ އެވެ.
ކައުންސިލްގެ ނާއިބް ރައީސް މުހައްމަދު ރިޒާ މިއަދު އީޓީއަށް ވިދާޅުވީ މި ޓާފް ދަނޑު އެޅުމަށް ޝައުގުވެރިވާ ފަރާތުން ބޭނުންވަނީ ދަނޑުގެ އިތުރުން މިރަށުގައި ފުޓްބޯޅަ ޓީމުތައް ޒިޔާރަތްކޮށް ތިބެ ޓްރޭނިން ހޯދުމަށް ޓްރޭނިން ސެންޓަރެއް ހިންގުމަށެވެ.
މި މަޝްރޫއު ޑިޒައިން ކުރެވިފައިވާ ގޮތަށް ބަލާއިރު އޭދަފުށީ އިރުމަތީ ސަރަހައްދުގައި ފުޓްބޯޅަ ކުޅުމަށް މިހާރު ބޭނުންކުރާ ހުސްބިން އިންޓަނޭޝަނަލް ޓާފް ދަނޑަކަށް ބަދަލުކުރުމުގެ އިތުރުން ސިޑިބަރިއާއި، ޗޭންޖިން ރޫމްފަދަ ތަންތަން ހިމެނިގެންދާނެ އެވެ. އޭގެ ބަދަލުގައި އިންވެސްޓަރަށް އޭދަފުށިން 40000 އަކަފޫޓްގެ ބިމެއް ވިޔަފާރި އުސޫލުން ތަރައްޤީކޮށް ހިންގުމަށް 30 އަހަރަށް ދޭންޖެހެ އެވެ. މި ބިމުގައި އެއްވެސް މަސައްކަތެއް ކުރެވޭނީ ޓާފް ދަނޑުގެ މަސައްކަތް ނިމުމުންނެވެ. އެ ބިމުގައި ފުޓްބޯޅަ ޓްރޭނިންގް ސެންޓަރެއް ގާއިމްކޮށް ހިންގާނީ އިންވެސްޓްކުރާ ފަރާތުންނެވެ. އަދި މިތަން ހިންގައިގެން ލިބޭ ފައިދާގެ 5 އިންސައްތަ އޭދަފުށީގެ ތަރައްޤީގެ ކަންކަމަށް ކޮންމެ އަހަރަކުވެސް ހަރަދުކުރަން އިންވެސްޓަރަށް ޖެހެއެވެ.
އޭދަފުށީ ކައުންސިލްގެ ނާއިބްރައީސް ރިޒާ ވިދާޅުވީ ގާތްގަނޑަކަށް 2.5 މިލިޔަން ޑޮލަރ އިންވެސްޓްކުރާ މި ޕްރޮޖެކްޓް ކުރިޔަށް ގެންދިއުމަށްޓަކައި ކައުންސިލުން ބަލަންޖެހޭ ކަންކަން މިހާރުން މިހާރަށް ބަލަމުންދާކަމަށާއި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާވެސް ކުރަމުންދާ ކަމަށެވެ. މިކަމާބެހޭ ގޮތުން ރަށުގެ އެކި ފެންވަރުގެ ބޭފުޅުންނާއެކު މަޝްވަރާތައްބޭއްވި ސަރުކާރުގެ އިދާރާތަކުން ބަލަންޖެހޭ ކަންކަންވެސް ބަލަމުންދާކަމަށް ރިޒާ ވިދާޅުވި އެވެ.
ރިޒާ ވިދާޅުވީ މިދަނޑާއެކު ތަރައްޤީކުރާ ޓްރޭނިންގް ސެންޓަރަށް ބޭނުންވާ ވަރުގެ ބިމެއް ރަށުގެ ހުޅަނގު އުތުރު ކަންމަތިން ލިބޭކަމަށެވެ. އަދި މި ކަމަށްޓަކައި ސަރުކާރުން ހޯދަންޖެހޭ ހުއްދަތައް ހޯދުމާމެދު ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ފުޓްބޯޅައަށް މަރުދޭ ޒުވާނުންތަކެއް ދިރިއުޅޭ އޭދަފުށިން ރާއްޖޭގެ ގައުމީ ފެންވަރުގެ މޮޅު ކުޅުންތެރިންތަކެއް އުފެދިފައިވާއިރު އޭދަފުށީގައި އެކަށީގެންވާ ދަނޑެއް ނެތުމުގެ ޝަކުވާ މި ދާއިރާގެ ގިނަބަޔަކު އަބަދުވެސް ކުރެއެވެ. މި ޕްރޮޖެކްޓް ކާމިޔާބުވެއްޖެނަމަ މިއީ އޭދަފުށީގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ވާސިލްވުމަށް ހުޅުވޭނެ ވަރަށް މުހިއްމު ދޮރަކަށް ވާނެއެވެ.
habeys kameh
40000 އަކަފޫޓުގެ ހުސް ބިމެއް އޭދަފުށީގައި އޮވޭތަ؟
ސަޅިކަމެއް
business man އަދި މުޙައްމަދު މެންނަށް ކޯންޗެއްތަ އެނގިގެން މިއުޅެނީ. ހެޔޮ ދަނޑު ހަދާދޭ މީހަކު ނުވަތަ ބަޔަކު %5 ދިނަސް ނުދިނަސް. ހާދަ ބޮޑު ހަރަދެއް ކޮށްގެނޭ ދަނޑު ހަދާދޭން އެއުޅެނީ. އޭދަފުށި ހުރިހާޒުވާނުންގެ ވެސް އެދުމެއްމީ. އުފަންވީންސުރެއް ފެށިގެން އޭދަފުށްޓަށް އުފަންވާ ކޮންމެ ދަރިޔަކު ދެކެމުންއަންނަ ހުވަފެނެއް. ސަރުކާރުން މިކަން ކޮށްދޭނަމޭ ކިޔާތާ ކިތަށް އަހަރު. އެކަމްވީކަމެއް ހަމަ ހަރާމް.
މި ވޭތުވެ ދިޔަތަނުގައިވެސް އޭދަފުށީގެ ބޮޑެތި ޕޮރޮޖެކްޓްތަށް ކޮށްފައިވަނީ ރަށުގެ ހީވާގި ރައްޔިތުންނާއި ހެޔޮއެދޭ ފަރާތްތަށް ގުޅިގެން ކުރި މަސައްކަތުން. މިގޮތުން އޭދަފުށި ހުކުރު މިސްކިއް އަދި ބަނދަރުގެ ބޭރު ތޮށި ފާހަގަ ކޮށްލަން.
ރަށަށް އަންނަ ކޮންމެ ކުރިއެރުމަކީ ހަމަ ރަށްޔިތުންގެ ވެސް ލިބޭ ކުރި އެރުން. އޭދަފުށީގެ ދަރިއެއްގެ ހައިއްސިއްޔަތުން ކިހާއުފާވާނެތަ ރަނގަޅުފެންވަރެއްގެ ދަނޑެއްހެދި، އަދި ސަރަހައްދީ ބޮޑެތި މުބާރާތްތަށް އަޅުގަނޑުމެންގެ ރަށުގައި ކޫޅޭތަން ހަމަ ލޮލުން ބަލަން ތިބެން. އޭދަފުށި މިހާރު ހިއްކާގެންވެސް މިހާރުގެ އޭދަފުށްޓާ ގާތްކުރާވަރުގެ އިތުރު އޭދަފުށްޓެއް ހެދޭނެ ވަރުގެ ބިން ހިއްކޭނެ ފަޅެއް އެބައޮތް. ވިސްނާ ބަޔަކަށް ވާނުވާ އިނގޭނީ. މިކަން ސިޔާސީ ނުކޮށް އަވަސް ގޮތަކަށް ނިންމއައި ޒުވާނުންނާ ހަވާލު ކުރަން ގޮވާލަން. ވަރަށްތާއީދު ކުރާ އަދި ވަރަށް އުފާވާ ހަބަރެއްމީ. އީޓީ ވެސް މިކަމުގައި ކެމްޕެއިން ކޮށް، ޒުވާނުންނާއި އެކު ޒުވާނުންގެ އަޑު މުޅިގައުމަށް އިއްވައި މުޒާހަރާ ކޮށްގެންވެސް ކުރަންޖެހިފައިވާ މުހިންމު ކަމެއްމީ.
ނިންމާލުމުގެ ކުރިން އަދި ބުނެލަން އޮތީ ރަށެއް ރަށަކަށްވާނީ ހަމައެކަނި ދިރިއުޅޭނެ ގެތަކެއް އަޅާގެންނެއްނުނޭ. އެތަނެއްގައި ތައުލީމީ، ސިހީ، އިޖުތިމާއީ، އިގްތިސާދީ މިކަހަލަ އެތަށް އިމާރާތްތަކެއް ހުރެގެންނޭ.
މިގޮތުން ޔޫރަޕްގައުމު ތަށްވެސް ، ބުރެޒިލް ވެސް މަސްހޫރު ބޮޑަށް ވަނީ ފުޓުބޯޅައިގެ ސަބަބުންނޭ،
ސަރުކާރުން ކޮށްދޭނަމަ މިހާރު ކަންއޮތީހީ ނިމިފަ. އަމިއްލަ ފަރާތަކުން ކުރަންއުޅޭތީ ވެސް ޝުކުރު ކުރަން ނޭންގޭ ބައެއް މީ!!
މޮޔަ ނުގޮވާ. ބިމުގެ ވާހަކަ ދައްކަން ބިމެއް އަދި ފަޅެއްވެސް އޮތް ރަށެއް ނޫން. ގެދޮރުނެތް އެތައް ބަޔަކު މިހާރުވެސް ބިކަހާލު އުޅެމުން ދަނީ! ސަރުކާރު ބަޖެޓުން އެހެން ރަށްރަށުގެ ދަނޑުތައް ހަދާއިރު ކީއްވެ ވަކި މިރަށަށް ބަޖެޓު ނުލިބެންވީ. މިރަށަކީ އޭރުވެސް މިހާރުވެސް އެއްމެ ގިނައިން ކުޅުންތެރިން އުފެދޭއެއްރަށް. މިކަމަކަށް އެއްގޮތަކައްވެސް ތާއީދެއް ނުކުރަން.
5% މާކުޑަ އޭދަފުށީގެ ތަރައްޤީގެ ކަންކަމަށް ކޮންމެ އަހަރަކުވެސް ހަރަދުކުރަން. އަދި އެވެސް އަހަރަކު ލިބޭ ފައިދާގެ 5% އޯ!
އަނެއްބައި ދަނީ ބަނޑަށޭ..
ރަގަޅު ކަމެއް!!!!!!!!!