އަޝްރްފީ ބުޓިކްގެ ނަމުގައި އޭދަފުށީގައި އިތުރު ބުކް ޝޮޕެއް ހުޅުވައިފި އެވެ.
މިރަށު ދަންދިއްފަރު މަގު “ކުލުނު ހިޔާ” ކުރިމަތީގައި ހުޅުވި މި ބުކްޝޮޕްވެސް ހާއްސަކޮށްފައި ވަނީ ސްކޫލް ކުދިންނަށް ބޭނުންވާނެ ސްޓޭޝަނަރީ އައިޓަމްތަކާއި އޮފީސްތަކަށް ބޭނުންވާނެ ސާމާނަށެވެ. މީގެ އިތުރުން އެޑިއުކޭޝަނަލް ޓޯއީސް އާއި ކުޑަކުދިންނާ ގުޅޭ ވާހަކަ ފޮތާއި އަދި އާއްމު މައުލޫމާތަށް ބޭނުންވާ ފޮތްތައް ލިބެން ހުރެއެވެ.
އަޝްރަފީ ބުޓިކުން ބުނީ އެ ބުކްޝޮޕުން ފޮޓޯކޮޕީ ނެގުމާއި، ޕްރިންޓްކުރުމާއި ބައިންޑް ކުރުމުގެ ހިދުމަތްވެސް ލިބެން ހުންނާނެ ކަމަށެވެ.
އަދި މާލެއެކޭ އެއްގޮތަށް ތަކެތި ވިއްކުމުގެ އިތުރުން ލިޔެކިޔުމަށް ބޭނުންވާ ތަކެތި އޯޑަރުތަކަށް މާލެއިން ގެނެސް ދެމުން ގެންދާކަމަށް އެ ބުކްޝޮޕުން ބުނެއެވެ.