ބ. ކިހާދޫ ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް އެރަށު ޑޭޒީވިލާ، ނަޖުލާ ޢަބްދުލް ޣަފޫރު ހޮވައިފި އެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އެ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ހުރިހާ ގޮތަކުން ވެސް އެންމެ މޮޅު ދަރިވަރަކަށް ހޮވި، ނަޖުލާ އަށް އިނާމާއި ޓްރޮފީ އަދު ޝޭޝް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރިކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސެންޓްރަލް ޔުނިޓް ހިންގުމާ ހަވާލުވެހުންނެވި އަބްދުﷲ އިމްރާނެވެ.
މިހާރު ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުން އަންނަ ނަޖްލާ ވަނީ މިދިޔަ އަހަރު އެ ސްކޫލުގެ ކެޕްޓަންކަންވެސް ކޮށްފަ އެވެ.
އެ ޖަލްސާގައި ކިހާދޫ ސްކޫލުން މިދިޔަ އަހަރު ގިނަ ވަނަތަކެއް ހާސިލް ކުރި 60 އަށް ވުރެ ގިނަ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ދީފައިވެ އެވެ.
އޭގެ އިތުރުން މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް އެ ސްކޫލުގެ ޕީޓީއޭ އިން ފައިސާގެ އިނާމު ދީފައިވެ އެވެ.