އާރުއޭސީ ކަޕްގެ ޗެމްޕިއަންކަން އެސްޕީއޯ ހޯދައިފި

އެސްޕީއޯ ވަން ޗެމްޕިއަން ޓްރޮފީއާއެކު-- ފޮޓޯ / ރޯޔަލް އެކްސެސް ކްލަބް
އެސްޕީއޯ ވަން ޗެމްޕިއަން ޓްރޮފީއާއެކު– ފޮޓޯ / ރޯޔަލް އެކްސެސް ކްލަބް

 

ރޯޔަލް އެކްސަސް ކްލަބް (އާރުއޭސީ) ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ސިކްސް ޕްލަސް ވަން(އެސްޕީއޯ) ހޯދައިފި އެވެ.

ރޯޔަލް އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި، އެ ރިސޯޓުގެ އެކްސަސް ކްލަބުން ބޭއްވި މުބާރާތް އެސްޕީއޯ ކާމިޔާބު ކުރީ ފައިނަލުގައި މިއަދު ހަވީރު އެފްސީ ރެވެނިއުއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 7-8 އިން ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އޮތީ 2-2 އިން އެއްވަރުވެފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ އެފްސީ ރެވެނިއުގެ ސާމީ އިބްރާހީމް އާއި، މުހައްމަދު ރިޔާޒުއާއި އެސްޕީއޯގެ މުއާޒު އަލީއާއި އަނަސް މުހައްމަދު އާއި އެފްބީ ޓެލެންޓުގެ އިސްމަތު ވަހީދު އަދި މެގަ ވޯޓުގެ މުހައްމަދު ރަޝީދެވެ.

އާރުއޭސީ ކަޕްގެ އެންމެ މޮޅު ފަސް ކުޅުންތެރިން
އާރުއޭސީ ކަޕްގެ އެންމެ މޮޅު ފަސް ކުޅުންތެރިން

އެންމެގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށް ހޮވުނީ ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެފްސީ ރެވެނިއުގެ މުހައްމަދު ރިޔާޒު އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓިމަކީ ޓީމު އެއިޓް އެވެ.

ރޯޔަލް ރިސޯޓްގެ ފުޓްސަލް ދަނޑުގައި ބޭއްވި މުބާރާތުގެ ފައިނަލް މެޗަށް ފަހު އިނާމް ދެއްވީ ރިސޯޓުގެ މެނޭޖަރު މުހައްމަދު ރަޝާދު އާއި އަތޮޅު ކައުންސިލްގެ ބައެއް މެންބަރުންނެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000ރ. ދިން އިރު ރަނަރަޕް ޓީމަށް 5000ރ. ދީީފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.