ދަރަވަންދޫ ހެލްތު ސެންޓަރު މަރާމާތުކުރުމަށް ބަޔަކާ ހަވާލުކޮށްފި

ހޮސްޕިޓަލަކާއި ހެލްތު ސެންޓަރެއް މަރާމާތުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ. --ހަވީރު ފޮޓޯ
ހޮސްޕިޓަލަކާއި ހެލްތު ސެންޓަރެއް މަރާމާތުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ. –ހަވީރު ފޮޓޯ

 

ބ. ދަރަވަންދޫ ހެލްތް ސެންޓަރު މަރާމާތު ކުރުމަށް ބަޔަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ދަރަވަންދޫ ހެލްތު ސެންޓަރު މަރާމާތު ކުރަން އިއްޔެ ހަވާލުކޮށްފައި ވަނީ ލަތީފް ކޮންސްޓްރަކްޝަނާ އެވެ. ސޮއިކުރާ ތާރީޚުން ފެށިގެން 47 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ އެ މަސައްކަތުގެ އަގު 1 މިލިއަން ރުފިޔާ އަށް ވުރެ ގިނަ އެވެ.

ދަވަރަންދޫ ހެލްތު ސެންޓަރާއެކު އިތުރުން ގދ ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްވެސް މަރާމާތު ކުރުމަށް އިއްޔެވަނީ ބޔަކާ ހަވާލުކޮށްފަ އެވެ.

 އެ ދެ އެއްބަސްވުމުގައި ވެސް ސަރުކާރުން ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ނާޒިމް ވިދާޅުވީ ސިއްހީ ދާއިރާގެ ކަންކަން ރަނގަޅު ކުރުމަށް ކުރަމުންދާ ގެންދާ މަސައްކަތުގެ ފުރަތަމަ ލަނޑުދަނޑި މިހާރު ހާސިލްވެފައިވާ ކަމަށާއި އެގޮތުން އަތޮޅު ތެރެއަށް ބޭނުންވާ ޑޮކްޓަރުން ފޮނުވާފައިވާ ކަމަށެވެ. އަދި ދެން ކުރިއަށް އޮތީ ކަނޑައަޅާފައިވާ ހޮސްޕިޓަލްތަކުގެ މިންގަނޑުތަކަށް ފެތޭ ޑޮކްޓަރުން ހޯދުން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.