ހަތަރު ގަޑިއިރަށް މުޅި ރަށުން ކަރަންޓް ކަނޑާލަނީ

ފެނަކަ އޭދަފުށީ އިންޖީނުގެ. ދެން ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތި ނުވާނެކަމަށް އެތަނުން ބުނޭ-- ފައިލް ފޮޓޯ
ފެނަކަ އޭދަފުށީ އިންޖީނުގެ. — ފައިލް ފޮޓޯ

ބ. އޭދަފުށީ ކަރަންޓްގެ ހާލަތު ރަނަގަޅުކުރުމުގެ ގޮތުން އޭދަފުށީ ކައުންސިލުން ހަދިޔާކުރި 450 ކިލޯ ވޮޓްގެ ޖަނަރޭޓަރުގެ ޕެނަލް ބޯޑު ގުޅާލުމުގެ މަސައްކަތް ކުރުމަށް މާދަމާ މުޅި ރަށުން ކަރަންޓް ކަނޑާލާ ގޮތަށް ހަމަޖައްސައިފި އެވެ.

ކަރަންޓް ކެނޑޭނެކަން އެންގުމަށާއި އާންމުންގެ މައުލޫމާތަށްޓަކައި ފެނަކަ އޭދަފުށީ އިންޖީނުގެއިން މިހާރު ގެންދަނީ ރަށު ކައުންސިލު މެދުވެރިކޮށް އަންގަމުންނެވެ.

ފެނަކަ އޭދަފުށީ އިންޖީނުގެއާ ހަވާލާދީ އޭދަފުށީ ކައުންސިލުން ބުނިގޮތުގައި މިދިޔަ ރޯދަމަހާ ދިމާކޮށް އެ ކައުންސިލުން އިންޖީނުގެއަށް ހަދިޔާކުރި ޖަނަރޭޓަރުގެ ޕެނަލްބޯޑު އިންސްޓޯލުކުރުމުގެ މަސައްކަތް މާދަމާ ހެނދުނު ކުރާއިރު، ހަތަރު ގަޑިއިރަށް މުޅި ރަށުން ކަރަންޓް ކަނޑާލާނެ އެވެ.

“އެގޮތުން މާދަމާ ހެނދުނު 8 ން މެންދުރު 12 އަށް މުޅި ރަށުން ކަރަންޓް ކަނޑާލާނެ. ކަރަންޓް ކަނޑާލަން ޖެހުމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އަޅުގަނޑުމެން މައާފަށް ވެސް އެދެން.”

އޭދަފުށީގައި ކަރަންޓް ބޭނުންކުރާ މިންވަރު މައްޗަށްގޮސް އެތަނުގެ އިންޖީނުތަކުގެ ކެޕޭސިޓީއަށް ނުފެތިގެން މިއަހަރު ކުރީ ކޮޅުން ފެށިގެން ދޭތެރެ ދޭތެރެއިން ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑާލަމުން ގޮސްފައިވެ އެވެ، ނަމަވެސް އޭދަފުށީ ކައުންސިލުން ހަދިޔާކުރި ޖަނަރޭޓަރު ރޯދަމަހުތެރޭ ވަގުތީގޮތުން ބޭނުން ކުރަން ފެށުމާއެކު ކަރަންޓް ކެނޑުމުގެ މައްސަލަވަނީ ހައްލުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.