
ފުރާވަރުގެ ކުދިން ކުށުގެ ވެށިން ދުރުކޮށް ޒިންމާާރު ދަރިވަރުންތަކެއްގެ ގޮތުގައި ތަރުބިއްޔަތުވުމަށް ބާރުއަޅައިދޭ ޙަރަކާތްތަކެއް ހިމެނޭގޮތަށް ފުލުހުންނާ ބ. އަތޮޅު ތަޢުލީމީ މަރުކަޒު ގުޅިގެން ކޭމްޕެއް ފަށައިފި އެވެ.
“އެއިމް ޓު ކާމް” ގެ ނަމުގައި ބ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އިއްޔެއިން ފެށިގެން މިއަދު ގެ ނިޔަލަށް ކުރިޔަށް ގެންދާ މި ކޭމްޕްގައި ބައިވެރިވެފައިވަނީ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 8، 9، 11 އަދި 12 ގެ ދަރިވަރުންނެވެ.
މުޖުތަމަޢުގައި ހިނގާ އެކިއެކި ނޭދެވޭ ކަންކަމުން ދުރުވެ ޤާބިލް އަދި ޒިންމާދާރު ބައެއްގެ ގޮތުގައި ދަރިވަރުން ތިބުމަށް ބާރު އެޅުމުގެ ގޮތުން މި ކޭމުޕްގައި ބައެއް މުހިއްމު ގާނޫނުތަކާ ބެހޭ މައުލޫމާތު ދިނުމާއި، ކުށުގެ ވެށިން ދުރުވުމަށް ކުދިންގެ ފެންވަރު ކުރެވޭނެ އަދި އެހެން މީހުން ކުށުގެވެށިން ދުރު ކުރުމަށް ކުރެވޭނެ ކަންކަން އޮޅުން ފިލުވައިދެވޭނެކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ބައެއް މުހިއް މު ޤާނުނުތައް ކަމުގައިވާ ޢާއްމު އިޖުތިމާޢީ މިންގަނޑުގެ ޤާނޫނާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނުފަދަ މުހިއްމު ޤާނޫނުތަކާގުޅޭގޮތުން ދަރިވަރުން އޮޅުން ފިލުވަން ބޭނުންވާ މަޢުލޫމާތު އޮޅުންފިލުވައިދީ، ކޮމިއުނިޓީ އެންގޭޖްމަންޓް އަދި ޓީމް ވޯކް ދަސްކޮށްދިނުމުގެ ކްލާސްތައް މި ކޭމްޕްގެ ބައިވެރިންނަށް ކިޔައިދެވޭނެ ކަމަށެވެ.
އަދި ބޭންކް އޮފް މޯލްޑިވްސްގެ އޭދަފުށި ބްރާންޗްގެ ފަރާތުން މި ކޭމްޕުގެ ބައިވެރިންނަށް ބޭންކިން ޕޮލިސީ ކިޔައިދީ މަސައްކަތުގެ ދާއިރާއަށް ދަރިވަރުން އަހުލުވެރި ކުރުވޭނެކަމަށްވެސް ފުލުހުން ބުންޏެވެ. މީގެ އިތުރުންވެސް އޭދަފުށީ ކައުންސިލް އިދާރާގެ ފަރާތުން ކައުންސިލިންގ ޕޮލިސީ އާއި ގުޅޭ ގިނަ މަޢުލޫމާތުތަކެއް ބައިވެރިންނަށް ދަސްކޮށްދެނޭނެކަމުގައި އޭދަފުށީ ޕޮލިސް ސްޓޭޝަނުން ބުންޏެވެ.
ފުލުހުން ބުނީ، މި ކޭމްޕަކީ ފުލުހުންގެ މި އަހަރުގެ ބިޒްނަސް ޕްލޭނުގައި ހިމެނޭ މުޖުތަމަޢަށް ވާސިލުވުން އިތުރުކުރުމާއި، ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، ގުޅުން އިތުރަށް ބަދަހި ކުރުމުގެ ލަނޑުދަނޑި ހާސިލްކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ކޭމްޕެކެވެ.
މަވެސް ހޮވުނޭ.
މި ކޭމްޕަަަަ ހޯވީ އެންމެ 70 ކުދިން.ގިނަ ކުދިންނައް ފުރުސަތެއް ނުލިބުނު.ވަރައް ދެރަ….